Sunday, 26 July 2026
Ads by

ފައިސާ އަތުލުމަށްފަހު ޢުމްރާއަށް ނުގެންދިޔަ ބަޔަކު ސަރުކާރުގެ އެހީގައި ގެންގޮސްދީފި

ފައިސާ އަތުލުމަށްފަހު ޢުމްރާއަށް ނުގެންދިޔަ ބަޔަކު ސަރުކާރުގެ އެހީގައި ގެންގޮސްދީފި

އަމިއްލަ ގްރޫޕެއް ކަމަށްވާ އަލް އަބްރާރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ‏ޢުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށްބުނެ އެތައް ބަޔަކުއަތުން ފައިސާނެގުމަށްފަހު ޢުމްރާގެ އަޅުކަމަށް ނުގެންދިޔުމުން ސަރުކާރުގެ އެހީގައި ޙައްޖުކޯޕަރޭޝަނުން އެމީހުން ޢުމްރާއަށް ފޮނުވައިފިއެވެ.

Ad Image
Ads by

ޙައްޖުކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ޢުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޢުމްރާގެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ އޭގެ ތެރެއިން ގިނަ ބަޔަކަށް އެކޯޕަރޭޝަނުން އެފުރުޞަތު ފަހިކޮށްދީފައިވާކަމަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޖާގަ އޮތް މިންވަރުން 28 މީހުންނަށް ވިސާ ޖަހައި މައްކާ އަދި މަދީނާއިން އެކޮމޮޑޭޝަން، އަދި ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް، ވަނީ ހަމަޖައްސައިދީފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މި 28 މީހުން ސައުދީޢަރަބިއްޔާއަށް ޢުމްރާގެ އަޅުކަމަށް ފުރުވާލީ މޯލްޑިވިއަންގެ ފްލައިޓަކުން ކަމަށް ޝަކީލް ވިދާޅުވިއެވެ.

އެކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޢުމްރާވެރިންނަށް މި ފުރުޞަތު ހޯއްދަވައި ދެއްވާ އިންތިޒާމްތައް ހަމަޖައްސައި ދެއްވުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންނެވި ކަމަށެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އިސްލާމިކް މިނިސްޓްރީއާއި ޙައްޖުކޯޕަރޭޝަނުން ދަނީ ބަލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި