Wednesday, 9 September 2026
Ads by

އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނުގެ 1،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނުގެ 1،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

އެމެރިކާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމަ ހަފްތާއަކާއި ގާތަށް ދިގު ދެމިގެން ގޮސްފައިވާއިރު، މި ހަމަލާތަކުގައި އީރާނުގެ 1000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް އެޤައުމުގެ ދަޢުލަތުގެ މީޑިއާގައި ރިޕޯޓުކޮށްފިއެވެ.

Ad Image
Ads by

ހައްދު ފަހަނާ އަޅާފައިވާ ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅިގެން އީރާނަށް އިސްވެ ޙަމަލާދީ، މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގައިލީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ. މިޢުދުވާނުގައި، މިހާތަނަށް 1،045 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް އީރާނުން ބުނެފައިވެއެވެ.

ފާއިތުވި ފަސް ދުވަހުގެ ތެރޭގައި، އީރާނުގެ 2،000 އެއްހާ ޢަމާޒަކަށް އެމެރިކާ އާއި ޔަހޫދީން ގުޅިގެން ޙަމަލާތައް ދީފައިވާއިރު، އެ ޙަމަލާތަކުގައި އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއި އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންތަކެއް ވެސް ވަނީ ޝަހީދުކޮށްލައިފައެވެ.

އެމެރިކާއިން މިއަދު ވަނީ ސަބްމެރީނެއް ބޭނުންކޮށްގެން ޙަމަލާދީ، އީރާނުގެ އަސްކަރީ މަނަވަރެއް ފައްތާލައިފައެވެ. ގާތްގަނޑަކަށް 180 ފަޅުވެރިން ތިބި އެ މަނަވަރު އަޑިއަށްދިޔައިރު، ސަލާމަތްވީ 30 އެއްހާ މީހުންނެވެ. އެ މީހުން ސަލާމަތްކޮށްފައިވަނީ، ސްރީ ލަންކާގެ ކަނޑުގެ ސިފައިންނެވެ. އަޑުފެތުރިފައިވާ ގޮތުން މި މަނަވަރު ފައްތާލުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއަށް އެހީތެރިވެފައެވެ.

އީރާންގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާންގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ޔަހޫދީންނާއި އެމެރިކާގެ ޙަމަލާތަކަށް ބިރުން ނުތިބެ، އީރާނުން ވަނީ ރައްދު ޙަމަލާ ދޭން ފަށާފައެވެ. ނުރައްކާތެރި ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކުގެ އިތުރުން ގިނަ އަދަދެއްގެ އަސްކަރީ ޑްރޯން ބޭނުން ކޮށްގެން އީރާނުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި އެމެރިކާގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ. އޭގެ ތެރޭގައި، ގަލްފާއި ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، އެމެރިކާގެ މަސްލަޙަތު އޮތް އިމާރާތްތައް ހިމެނެއެވެ.

އީރާނުން އެންމެ ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންކޮށްގެން، އެންމެ ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނީ ޔަހޫދީ ދައުލަތަށެވެ. އީރާންގެ ޙަމަލާތަކާ ގުޅިގެން ޔަހޫދީ ދައުލަތުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބަލީގެ އަޑު ކެނޑިގެން ނުދެއެވެ. އަދި، ޔަހޫދީ ޢާންމުން ތިބީ ބިންގަރާސްތަކަށް ވަދެ، ފިލައެވެ. ޔަހޫދީ ޢާންމުންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހި، ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި މި ވަނީ ޓްރަމްޕާއި ނަަތަންޔާހޫގެ އަމަލުތަކާ ގުޅިގެންނެވެ. ނަމަވެސް، ބިންގަރާސްތަކުގައި ވެސް އީރާންގެ ވަރުގަދަ ޙަމަލާތަކުން ފުރިހަމަ ރައްކާތެރިކަން ލިބޭނެ ގޮތެއް ނެތް ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި