Wednesday, 9 September 2026
Ads by

ކުދި އާބާދީތަކުގެ ކައުންސިލްތަކަށް މުވައްޒަފުން ނުލިބޭ މައްސަލަ ޙައްލުކުރާނަން: މިނިސްޓަރު ޝަރީފް

ކުދި އާބާދީތަކުގެ ކައުންސިލްތަކަށް މުވައްޒަފުން ނުލިބޭ މައްސަލަ ޙައްލުކުރާނަން: މިނިސްޓަރު ޝަރީފް

މިނިސްޓަރު އާދަމް ޝަރީފް ޢުމަރު----

ކުދި އާބާދީތަކުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބޭ މައްސަލަ ޙައްލުކުރާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު އާދަމް ޝަރީފް މި މޭރުމުން ވިދާޅުވީ، ރާއްޖޭގެ އާބާދީ އެންމެ މަދު އެއް ރަށް ކަމަށްވާ ވ. ރަކީދޫ ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ތިން ކައުންސިލް މެންބަރަކު އިސްތިޢުފާ ދިނުމާއި ގުޅިގެން، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ނުލިބޭތީ، އެ ރަށު ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ ބަންދުކުރުމާއި ގުޅިގެން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ޝަރީފް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފަތުރުވެރިކަމާއި އެނޫންވެސް އިޤުތިޞާދީ ފުރުޞަތުތައް ފަހިވެފައިވާ ކުދިކުދި އާބާދީތަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، މި މައްސަލަ ޙައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަކީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ ރަށުގެ ގިނަ ބަޔަކު ބޭނުންވަނީ އެހެން ރަށަކަށް ހިޖުރަކުރުމަށް ކަމަށް އެ ރަށު ރައްޔިތުން ވަނީ ހާމަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި