Sunday, 25 October 2026
Ads by

މިހާތަނަށް 350 ބުޅާ އޮޅުހިޔާއަށް ގެންދެވިއްޖެ: މިނިސްޓަރު މާރިޔާ

މިހާތަނަށް 350 ބުޅާ އޮޅުހިޔާއަށް ގެންދެވިއްޖެ: މިނިސްޓަރު މާރިޔާ

މިނިސްޓަރު މާރިޔާ ނޫސްވެރިންނާއި ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލޭގެ މަގުތަކުގައި ދިރިއުޅޭ ބުޅާ ގިނަވާ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ”އޮޅުހިޔާ“ އަށް މިހާތަނަށް 350 ބުޅާ ގެންދެވިފައިވާ ކަމަށް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މާރިޔާ މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، އޮޅުހިޔާގައި ވެޓް ކްލިނިކްގެ މަސައްކަތްވެސް ފެށި އެތަނަށް ގެންދެވޭ ބުޅާތައް ނިޔުޓަރ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އޮޅުހިޔާއަށް ގެންދެވޭ ބުޅާތަކުގެ ތަފްޞީލް ހާމަކުރައްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އޮޅު ހިޔާއަށް ގެންދެވުނު ބުޅާތަކުގެ ތެރެއިން މިހާތަނަށް 60 ބުޅާ ނިޔުޓަރ ކުރެވި، ފަސް އަންހެން ބުޅާ ސްޕޭ ކުރެވިފައިވާ ކަމަށެވެ. މިހާތަނަށް 350 ބުޅާ އޮޅުހިޔާއަށް ގެންދެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި އިތުރު ބުޅާތައް އޮޅުހިޔާއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޮޅުހިޔާއަކީ މާލޭގެ މަގުތަކުގައި ދިރިއުޅޭ ބުޅާ ގިނަވާ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެނިމަލް ވެލްފެއަރ މިނިސްޓްރީން، މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ތަރައްޤީކުރި ޕެޓް ފެސިލިޓީއެކެވެ. އެތަނުގައި ބުޅާ ކަރަންޓީނު ކުރާނެ ބަޔަކާއި، ވެޓެރިނަރީ ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ފާމަސީއެއްވެސް ޤާއިމްކޮށްފައިވެއެވެ.

އޮޅުހިޔާ ތަރައްޤީކުރުމަށްފަހު ހުޅުވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އެއަށްފަހު އެތަނަށް ބުޅާތައް ގެންދަންފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި