ލ. ގަމު ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެ ފަރުވާ ދޭންފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މީޑީއާތަކަށް ކުރި މެސެޖެއްގައި ބުނީ މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 21:36 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި 2 މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށް ކަމަށާއި، މި މައްސަލަ ފުލުހުން ތަޙުޤީޤުކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.













