Sunday, 26 July 2026
Ads by

ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް ކުރާ އަސަރު މިދަނީ ބަލަމުން: ޓްރާންސްޕޯރޓް މިނިސްޓްރީ

ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް ކުރާ އަސަރު މިދަނީ ބަލަމުން: ޓްރާންސްޕޯރޓް މިނިސްޓްރީ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---

މެދު އިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް ކުރާ އަސަރުތައް ވަރަށް ގާތުން ބަލައި، ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

Ad Image
Ads by

ޓްރާންސްޕޯރޓް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މެދު އިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާއި ގުޅިގެން، އެސަރަޙައްދުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ޙާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް، ޚާއްޞަކޮށް މެދު އިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ، މިބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއަރލައިންތަކާއި، ކަމާގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ އިދާރާތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީން ބުނީ، މިނިސްޓްރީގެ އެންމެ އިސް އަމާޒަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުން ކަމަށެވެ.

މެދު އިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއަރލައިންތަކުގެ ދަތުރުތައް ކުރިއަށްދާނީ ތާވަލާ އެއްގޮތަށެވެ. މިކަމުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި، ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ، އަދި އިންޑިއާގެ އިތުރު އެއަރލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން އެފަރާތްތަކާއިއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުޙަބާ ކިޔާ ޤައުމެއް ކަމުން، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ޓްރާންސްޕޯރޓް މިނިސްޓްރީން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި