Wednesday, 9 September 2026
Ads by

ރާއްޖެއަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެކަން ކަށަވަރު ކުރަނީ

ރާއްޖެއަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެކަން ކަށަވަރު ކުރަނީ

މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ސަޕްލައި ޗެއިނަށް ދިމާވެދާނެ ގޮންޖެހުންތައް މޮނިޓާކޮށް، ރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ބާވަތަތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރީން ބުނެފިއެވެ.

Ad Image
Ads by

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތަކާއި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މަގުތަކަށް ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މުދާ އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖެއަށް މުދާ އެތެރެކުރެވިދާނެ އިތުރު މާކެޓުތަކާއި ބަދަލު މަގުތައް ހޯދުމުގެ މަސައްކަތް މިހާރު މިނިސްޓަރީން ވަނީ ފަށާފައެވެ. މީގެ ބޭނުމަކީ ދުނިޔޭގެ މަސްރަހަށް ކޮންމެ ފަދަ ބަދަލެއް އައި ނަމަވެސް، ރާއްޖޭގެ ބާޒާރުން ކާބޯތަކެއްޗާއި އަސާސީ މުދާ ހުސްނުވެ ލިބޭނެ ގޮތް ހެދުން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

”މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ބޭޏުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭޏެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ.“ ބަޔާނުގައި ބުނެފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން، މުހިންމު ބާވަތްތަކުގެ ސްޓޮކް ދެމެހެއްޓުމަށާއި، އިމްޕޯޓް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި