Wednesday, 9 September 2026
Ads by

ދީނަށް ފުރައްސާރަކުރާ ”ބޫގާ“ ހޯދަން އިޢުލާނުކުރުމުން ޕީއެންސީއަށް ތާއީދު ކުރާކަމަށް ބުނެ ވީޑިއޯ ހަދަނީ

ދީނަށް ފުރައްސާރަކުރާ ”ބޫގާ“ ހޯދަން އިޢުލާނުކުރުމުން ޕީއެންސީއަށް ތާއީދު ކުރާކަމަށް ބުނެ ވީޑިއޯ ހަދަނީ

އިސްލާމްދީނަށް ފުރައްސާރަ ކުރާ ބޫގާ.. އޭނާ ދަނީ ޕީއެންސީގެ ހުއްދަނެތި އެޕާޓީގެ ޕޯސްޓަރުތައް ބޭނުންކޮށް ވީޑިއޯ ހަދަމުން..

މީސް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި، ވަކިން ޚާއްޞަކޮށް ޓިކްޓޮކްގައި ފާޅުކަން ބޮޑުގޮތެއްގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލައާ ގުޅިގެން ޓިކްޓޮކްގައި މަޝްހޫރު އަޙުމަދު އާމިރު ނުވަތަ ”ބޫގާ“ ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނު ކުރުމާއިއެކު، އޭނާއަކީ ޕީއެންސީއަށް ތާއީދުކުރާ މީހެއްކަމަށް ދައްކާ ރައްޔިތުންނަށް އޮޅުވާލާ ޕީއެންސީގެ އަގު ވައްޓާލުމުގެ މަސައްކަތް ފަށައިފިއެވެ.

Ad Image
Ads by

ޚާއްޞަކޮށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޖަލީލަށް ތާއީދުކުރާ ކަމަށްބުނެ ޕީއެންސީގެ ހުއްދައެއްނެތި އެ ޕާޓީގެ ކެމްޕޭނު ޕޯސްޓަރުތައް ބޭނުންކޮށްގެން ބޫގާ ދަނީ ސޯޝަލްމީޑިއާގައި އެކިކަހަލަ ވީޑިއޯތައް ހަދަމުންނެވެ. އޭނާ މިކަން ފެށީ އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައިގައި ދިެވހި ފުލުހުން އޭނާ ހޯދާ ތަޙުޤީޤަށް ހާޒިރު ކުރުމަށް އެންގުމުން އެކަމުގެ ރުޅީގައި ކަމަށް ބެލެވެއެވެ.

މިކަމާއި ގުޅިގެން ”އެކިއެމްވީ“ އިން ކުރި ސުވާލެއްގެ ޖަވާބުގައި ޕީއެންސީގެ ކެމްޕޭން ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވީ އެއީ ޕީއެންސީގެ ތާއީދުއޮވެގެން ނުވަތަ ޕީއެންސީއަށް އެނގިގެން ހިނގާ ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ ޚިޔާލުކަމަށެވެ. އަދި އިސްލާމްދީނަށް ފުރައްސާރަ ކުރާ އެއްވެސް ބަޔަކާއެކު ޕީއެންސީން މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

“ އެއްގޮތަކަށްވެސް ޕީއެންސީން ހުއްދަދީގެން، ނުވަތަ މިޕާޓީއަށް އެނގިގެން ހިނގާކަމެއްނޫން، މޫސާ ޖަލީލްއަށްވެސް އެނގިގެން ހިނގާ ކަމެއްނޫން، ތިކަމުގެ ޒިންމާ ނަގާނީ އެވާހަކައެއް ދައްކާފަރާތަކުން، އެއީ އޭނާގެ އަމިއްލަކަމެއް. ދީނަށް ފުރައްސާރަ ކުރާމީހުންނާއެކު ޕީއެންސީން މަސައްކަތެއް ނުކުރާނެ“ : ޕީއެންސީ ކެމްޕޭން ޓީމުން ވިދާޅުވިއެވެ.

އޭނާ ހޯދުމަށް ފުލުހުން މީގެ 4 ދުވަސް ކުރިން ކުރި އިޢުލާނުގައިވާ ބުނެފައިވަނީ، އަޙްމަދު އާމިރު، ހ. ފިލިކުރިގެ / ކ. މާލެ (51އ) ހޯދަން އިޢުލާނުކުރީ މީސް މީޑިއާގެ އެކި މަންސަތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބުރޫއަރާ ފަދަ ވާހަކަތައް ދެއްކުމާއި، އިސްލާމިކް މިނިސްޓްރީ އުވާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަޙުޤީޤަށް ހާޒިރުވުމަށް ބޫގާއަށް ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އަންނަ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 އަށް ސަރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް އާމިރު ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފައެވެ.

”އެކި އެމްވީ“ އަށް އެނގިފައިވާ ގޮތުގައި ބޫގާ މިހާރު ދިރިއުޅެނީ ޖަޕާނު މީހަކާ އިނދެގެން އެ ޤައުމުގައެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި