Sunday, 25 October 2026
Ads by

ފުލުހުންގެ ”ވޯކް އެންޑް ޓޯކް“ ހަރަކާތާއިއެކު އާންމު ރައްޔިތުންނާއި ގާތަށް !

ފުލުހުންގެ ”ވޯކް އެންޑް ޓޯކް“ ހަރަކާތާއިއެކު އާންމު ރައްޔިތުންނާއި ގާތަށް !

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމު ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ”ވޯކް އެންޑް ޓޯކް“ ހަރަކާތް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

Ad Image
Ads by

މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު، ހަވީރު 4:30 އިން 5:30 އަށް، މާލެ, ވިލިމާލެ، އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ. އަދި މި ހަރަކާތުގެ ތެރެއިން މިއަދު 100 ސަރަޙަދަކުން ގިނަ ރައްޔިތުންނާއި ބައްދަލުކޮށް، ޚިޔާލާއި މަޝްވަރާ ފުލުހުން ވަނީ ހޯއްދަވާފައެވެ.

މި ހަރަކާތާއިބެހޭގޮތުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޝިފާން ވިދާޅުވީ މި ޕްރޮގްރާމަކީ ރައްޔިތުންނާއި ކައިރިން ފުލުހުންނާއި ރައްޔިތުން ހިމެނޭހެން ރަނގަޅުކުރަން ހުރިކަންކަން އިތުރަށް ދެނެގަނެ، ކަންކަން އޮޅުންފިލުވާ، އެކަންކަމާ މަޝްވަރާކުރުމަށްޓަކާ، ޚާޢްޞަކޮށް ފުލުހުންގެ ސީނިއާ ހުރިހާ ފުލުހުންވެސް ހިމެނޭ ގޮތަށް ގެންދެވޭ އިވެންޓެއް ކަމަށެވެ. އަދި ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އާންމުންގެ ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަތުމަކީވެސް މި ހަރަކާތުގެ އެއް މަޤުސަދު ކަމަށް ވިދާޅުވިއެވެ.

”މި ޕްރޮގްރާމަކީ ރައްޔިތުންނާއި ކައިރިން އަޅުގަނޑުމެން ދެބައިމީހުންވެގެން ހުރިކަންކަން އިތުރަށް ދެނެގަނެ، ކަންކަން އޮޅުންފިލުވާ، އެކަންކަމާ މަޝްވަރާކުރުމަށްޓަކާ، ޚާޢްޞަކޮށް ފުލުހުންގެ ސީނިއާ ހުރިހާ ފުލުހުންވެސް ހިމެނޭ ގޮތަށް ގެންދެވޭ އިވެންޓެއް“ ޝިފާން ވިދާޅުވިއެވެ.

މިއަދުގެ ހަރަކާތުގައި ގާތްގަނޑަކަށް 250 އެއްހާ ފުލުހުން ވަނީ ބައިވެރިވެފައެވެ. އާންމުންގެ ފަރާތުން މި ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާއިރު، ފުލުހުން ބުނީ މި ޙަރަކާތް ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އަންނަ މާޗްމަހު މުޅި ރާއްޖޭގައި މި ހަރަކާތް ފެށުމަށް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.

މާލެ ސަރަހައްދުގައި ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ވޯކް އެންޑް ޓޯކް ހަރަކާތުގެ ތެރެއިން.. ފޮޓޯ / ޕޮލިސް މީޑިއާ

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިފުލުހުންގެ ޚިދުމަތުން ދަނީ މުޅިރާއްޖޭގައިވެސް މިފަދަ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާ ރަައްޔިތުން ހޭލުންތެރި ކުރުމުގެ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި