Wednesday, 9 September 2026
Ads by

މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައިފި

މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައިފި

ރައީސް އަދި ކެބިނެޓް މިނިސްޓަރުން---

މެދު އިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

Ad Image
Ads by

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދެވެ. އެގޮތުން ހީނާ ދާދި ދެންމެއަކު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ.

މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
  • ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މަޢުމޫން
  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  • އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
  • ޓްރާންސްޕޯރޓް މިނިސްޓަރު މުޙައްމަދު އަމީން
  • ހޯމް މިނިސްޓަރު ޢަލީ އިޙްސާން
  • ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް
  • ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ހީނާ ވިދާޅުވީ އެ މިނިސްޓްރީތަކުން ކަމާގުޅޭ އެންމެހައި މަޢުލޫމާތުތަކެއް ރައްޔިތުންނާއި ހަމައަށް ޙިއްޞާކުރަމުން ގެންދާނެ ކަމަށެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ ހުރިހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިވަގުތު ހަނގުރާމައިގެ ޙާލަތު ގޯސްވެފައިވާ މެދު އިރުމަތީގެ އެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް ފޮރިން  މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިސްރާއީލާއި، އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އީރާނުންވެސް ރައްދު ހަމަލާތައް މިހާރު ދެމުން އަންނައިރު، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް އީރާނުގެ ހަމަލާތައް އަމާޒު ކުރަމުން ދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި