Wednesday, 9 September 2026
Ads by

ރޫޙާނީ ލީޑަރު ޚާމަނާއީ އަވާހަރައެއްނުވޭ، ޙާލުކޮޅު ރަނގަޅު: އީރާން

ރޫޙާނީ ލީޑަރު ޚާމަނާއީ އަވާހަރައެއްނުވޭ، ޙާލުކޮޅު ރަނގަޅު: އީރާން

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ---

އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށްބުނެ ޔަހޫދީންގެ މީޑިއާތަކުގައި ފަތުރަމުން އަންނަނީ ދޮގެއްކަން ފަޅައި އަރައިފިއެވެ.

Ad Image
Ads by

އިޒުރޭލުގެ މި ވާހަކަތައް ދޮގުކުރަމުން އީރާނުން ބުނެފައިވަނީ، އިޒުރޭލާއި އެމެރިކާ އިން އީރާނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި، އަދި ޚާމަނާއީގެ ޙާލުކޮޅުވެސް މާތްﷲ ގެ އިރާދަފުޅާއިއެކު ރަނގަޅު ކަމަށެވެ.

މިކަމާ ގުޅިގެން އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އެޤައުމުގެ ހުރިހާ އިސް ފަރާތްތަކެއް ވެސް ހެޔޮ ޙާލުގައި ސަލާމަތުން އެބަތިބި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒުރޭލުގެ މީޑިއާތަކުން އަންނަނީ ރޫޙާނީ ލީޑަރު ޚާމަނާއީގެ އިތުރުން އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އަވަހާރަކޮށްލާފައިވާ ކަމަށްބުނެ ދޮގު ޚަބަރުތައް ފަތުރަމުންނެވެ. ނަމަވެސް އެ ދެބޭފުޅުންވެސް މިހާރު ތިއްބެވީ ރައްކާތެރި ސަރަޙައްދުތަކުގައި ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިހަމަލާތަކުގައި ރޫޙާނީ ލީޑަރު ޚާމަނާއީގެ އޮފީސް ހިމެނޭ ސަރަޙައްދަށް އިޒުރޭލުން މިސައިލް ހަމަލާތަކެއް ދީފައިވީ ނަމަވެސް އެ ވަގުތު ޚާމަނާއީ ތެހެރާނުގައިވެސް ނޫޅުއްވައެވެ. މީގެ އިތުރުން ތެހެރާނުގައި ހުންނަ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެމަނިކުފާނަށްވެސް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައެއްނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި