Wednesday, 9 September 2026
Ads by

ހަމަލާތަކާއި ގުޅިގެން މެދު އިރުމަތީގެ އެއަރލައިންތަކުން ކުރާ ދަތުރުތައް ކެންސަލް

ހަމަލާތަކާއި ގުޅިގެން މެދު އިރުމަތީގެ އެއަރލައިންތަކުން ކުރާ ދަތުރުތައް ކެންސަލް

ބަޙްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ރައްދު ހަމަލާ--- ފޮޓޯ: ރޮއިޓާސް

އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު، ރައްދުގައި އީރާނުން ދޭން ފެށި މިސައިލް ހަމަލާތަކާ ގުޅިގެން މުޅި މެދު އިރުމަތީގެ ވައިގެ ސަރަޙައްދު ބަންދުކޮށް، އެއަރލައިންތަކުން ކުރާ ދަތުރުތައް ކެންސަލްކޮށްފިއެވެ.

Ad Image
Ads by

ގަލްފް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުގެ މި ރައްދު ހަމަލާތަކުގެ ސަބަބުން ގަލްފްގެ ގިނަ ޤައުމުތަކުން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އޭގެތެރޭގައި ޔޫއޭއީ، ޤަތަރު، ކުވައިތު، ބަޙްރެއިންގެ އިތުރުން ޢިރާޤުން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ.

އީރާނުގެ ރައްދު ހަމަލާތަކާއި ގުޅިގެން މުޅި މެދު އިރުމަތީގެ ވައިގެ ދަތުރުތަކައް ވަނީ ބުރޫ އަރައިފައެވެ. ވައިގެ ސަރަޙައްދު ބަންދުކުރުމާއި ގުޅިގެން އެއަރލައިންތަކަށް ވަނީ ފްލައިޓުތައް ކެންސަލް ކުރަން މަޖުބޫރުވެފައެވެ. ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް އަދި ޤަތަރު އެއަރވޭސް ހިމެނެއެވެ.

މެދު އިރުމަތީގެ ޙާލަތު މިހާ ސީރިއަސް ޙާލަތަކަށް ވެއްޓިފައިމިވަނީ އެމެރިކާ އަޑީގައި އޮވެގެން އިޒުރޭލުން އީރާނަށް ހަމަލާތައް ދިނުމާއި ގުޅިގެންނެވެ. އިޒުރޭލުގެ މި ހަމަލާތަކާއި ގުޅިގެން އީރާނުން ވަނީ ރައްދުގައި ހަނދާނުން ނުފިލާނެވަރުގެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައެވެ. އެގޮތުން އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ ވެރިޔާ އިބްރާހިމް ޢަޒީޒީ ވިދާޅުވީ ”އަހަރެމެން ކަލޭމެނަށް އިންޒާރު“ ދީފައިވާނެ ކަމަށާއި ދެން ”އަހަރެމެން ނުހުއްޓުވޭނެ“ ކަމަށެވެ.

އަލް-ޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާއާއި ގުޅުން ހުރި ތަންތަނަށް އަމާޒުކޮށް އީރާނުން ރައްދުގައި ވަނީ މިސައިލް އަދި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެގޮތުން، ޤަތަރާއި، ޔޫއޭއީ، ބަޙްރެއިން، ކުވައިތު، ސޫރިޔާ، ޢުރުދުންގެ އިތުރުން ޢިރާޤުގައި ހުންނަ މިފަދަ ތަންތަން ހިމެނެއެވެ.

އިޒުރޭލުން އީރާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 50 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އަލް-ޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ. އީރާނުގެ ރައްދު ހަމަލާތަކުގައި އިޒުރޭލުން މަރުވެފައިވާ މީހުންގެ އަދަދެއް އަދި ސާފެއްނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި