Wednesday, 9 September 2026
Ads by

އީރާނުގެ ރައްދު ހަމަލާއާއި ގުޅިގެން މެދު އިރުމައްޗަށް ބޮޑު ސިހުމެއް!

އީރާނުގެ ރައްދު ހަމަލާއާއި ގުޅިގެން މެދު އިރުމައްޗަށް ބޮޑު ސިހުމެއް!

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކާއި ގުޅިގެން ރައްދުގައި އީރާނުންވެސް އިޒުރޭލަށާއި މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަރުތަކަކަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

Ad Image
Ads by

އަލް-ޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ވަނީ ރައްދުގައި ހަމަލާތައް އަމާޒުކޮށްފައެވެ. އެޤައުމުތަކަކީ ޤަތަރާއި، ޔޫއޭއީގެ އިތުރުން ބަޙްރެއިނެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން ވެސް ބާރު ގޮވުންތަކުގެ އަޑުތައް އިވޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އިޒުރޭލުން އިސްވެ ތިބެ އީރާނަށް ހަމަލާ ދިނުމާ ގުޅިގެން، އީރާނުން ވަނީ ރައްދުގައި ހަނދާނުން ނުފިލާނެވަރުގެ ވަރުގަދަ ހަމަލާތަކެއް އިޒުރޭލަށް ދޭނެ ކަމަށް ބުނެފައެވެ. އެގޮތުން އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ ވެރިޔާ އިބްރާހިމް ޢަޒީޒީ ވިދާޅުވީ ”އަހަރެމެން ކަލޭމެނަށް އިންޒާރު“ ދީފައިވާނެ ކަމަށެވެ.

މިހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ އޮފީސް ހިމެނޭ ސަރަޙައްދަށް އިޒުރޭލުން މިސައިލް ހަމަލާތަކެއް ދީފައިވެއެވެ. ނަމަވެސް އެ ވަގުތު ޚާމަނާއީ ތެހެރާނުގައި ވެސް ނޫޅުއްވައެވެ. ދަ އެސޯސިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޚާމަނާއީ މިހާރު ހުންނެވީ ރައްކާތެރި ސަރަޙައްދެއްގައެވެ.

މީގެ އިތުރުން އިޒުރޭލުން ވަނީ ތެހެރާނުގައި ހުންނަ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރަށްވެސް ހަމަލާތަކެއް އަމާޒުކޮށްފައެވެ. މިއީ ރައީސް މަސްޢޫދު ޕެޒެޝްކިއަން އަވަހާރަކޮށްލުމުގެ ނިޔަތުގައި އިޒުރޭލާއި އެމެރިކާ ގުޅިގެން، ދުރާލާ ރާވައިގެން ދީފައިވާ ހަމަލާތަކެއް ނަމަވެސް އިޒުރޭލުގެ މި ހަމަލާތަކުގައި ރައީސް މަސްޢޫދު ޕެޒެޝްކިއަން އަވަހާރަވެފައެއްނުވެއެވެ. އޭނާވެސް މިހާރު ހުންނެވީ ރައްކާތެރި ސަރަޙައްދެއްގައެވެ.

އީރާނުގެ ރައްދު ހަމަލާތަކާއި ގުޅިގެން މުޅި މެދު އިރުމަތީގެ ވައިގެ ދަތުރުތަކައް ވަނީ ބުރޫ އަރައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި