Sunday, 26 July 2026
Ads by

ގިރާވަރު ފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރު ފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ކުރަނީ--- ފޮޓޯ: އެމްއޭސީއެލް

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނުހިއްކުނު ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަލުން ފަށައި އެތަނުން 15 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ.

Ad Image
Ads by

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްޞީލް މީޑިއާތަކަށް ޙިއްޞާކުރަމުން ބުނެފައިވަނީ، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ގިރާވަރު ފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިހާރު ކުރިއަށް ގެންދަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ހިއްކަންޖެހޭ 97.15 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާތަނަށް 15 ހެކްޓަރުގެ ބިން އެއްކޮށް ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އެއީ މަޝްރޫޢުގެ 15.44 އިންސައްތަ މަސައްކަތެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެނައި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ އޮރަންޖީއާ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ބޮޑު ޑްރެޖަރެކެވެ. މީގެ އިތުރުން ކުއީން އޮފް ނެދަލޭޑްސް ވެސް މި މަސައްކަތުގައި މިހާރު ވަނީ ބޭނުންކުރަން ފަށައިފައެވެ. އެއީ އެއްފަހަރާ 35،500 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ޑްރެޖަރެކެވެ.

ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން ހިއްކާފައިވަނީ، 12 ހެކްޓަރުގެ ބިމެވެ. އަދި އެއަށްފަހު ދެވަނަ ފިޔަވަހިން 18 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު ތިންވަނަ ފިޔަވަހީގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ރިޕޯޓުގައި ވާގޮތުން ދެން ހިއްކުމަށް ހަމަޖެހިފައިވަނީ ވަރަށް ފުން ސަރަޙައްދުތަކެކެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ކުރަމުން އަންނައިރު ގިރާވަރު ފަޅުގެ ތަރައްޤީކުރާނެ ގޮތުގެ އައު ލޭންޑް ޔޫސް ޕްލޭނެއް މިހާރު ވަނީ އެކުލަވާލައިފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރު ނެގުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގިރާވަރުފަޅުން ޖުމްލަ ހަތަރު ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ:

  • 1،250 އަކަފޫޓުގެ 2،603 ގޯތި
  • 1،650 އަކަފޫޓުގެ 1،214 ގޯތި
  • 2،050 އަކަފޫޓޫގެ 254 ގޯތި
  • 2،450 އަކަފޫޓުގެ އެންމެ ގޯއްޗެއް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ، އެތަނުގެ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއްވެސް ނުހަދައި، އެތަނުގައި އާބާދުވާނެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތުގައި ކަނޑަނާޅައެވެ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަށް އިތުރު 113 ހެކްޓަރު އިތުރު ކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން އަލުން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި