Sunday, 25 October 2026
Ads by

ކުއްޖަކު ނިޔާވި އެކްސިޑެންޓްގަ ހައްޔަރު ކުރި ޒުވާނާ ޝަރުތުތަކާއެެކު ދޫކޮށްލައިފި

ކުއްޖަކު ނިޔާވި އެކްސިޑެންޓްގަ ހައްޔަރު ކުރި ޒުވާނާ ޝަރުތުތަކާއެެކު ދޫކޮށްލައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއްގައި، ސައިކަލު ފަހަތުގައި ކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރުތުތަކާއެެކު ބަންދުން ދޫކޮށްލައިފިއެވެ.

Ad Image
Ads by

މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރުމަށްފަހު އިއްޔެ ބަންދުން ދޫކޮށްލީ ޝަރުތުތަކާއިއެކުގައެވެ.

އޭނާގެ ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ. މި ދެ މީހުންނަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ސައިކަލުގެ ފަހަތުގައި އިން އެ ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނީ، ކުށުގެ ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި އޭނާ ޝަރުތުކޮށް ބަންދުން ދޫކޮށް ދިނުމަށް އެދުނުއިރު، މިކަން ހިނގާފައިވަނީ ގަސްދުގައި ނޫން ކަަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަދި ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މިހާދިސާ ހިނގީ ކަމަަށް އޭނާ ބުނެފައި ވެއެވެ. މިކަން މިހެން ހިނގީތީ ހިތާމަކުރާ ކަމަށްވެސް އޭނާ ބުނިއިރު، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަރުޠު ތަކާއިއެކު ބަންދުން ދޫކޮށްލުމަށް އޭނާ ވަނީ އެދިފައެވެ.

މިއާއެކު ފުލުހުން ވަނީ އޭނާއަށް ލިބިފައިވާ އަނިޔާތަކަށްވެސް ރިއާޔަތްކޮށް، ހަރުކަށި ޝަރުއު ތަކާއެކު ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނަމަ ބަންދުން ދޫކުރުމަށް ފުލުހުންގެ ފަރާތުން އިޢުތިރާޟް ނުކުރާކަމަށް ވިދާޅުވެފައެވެ.

އަދި މިކަންކަމަށް ރިއާޔަތްކޮށް، އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުން ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި