Sunday, 26 July 2026
Ads by

ރައީސް ފޯޅަވަހި ހޯދުމަށް ފެއްޓެވި މަސައްކަތްފެނި، މޮރިޝަސްއިން ގުޅުން ކަނޑާލައިފި

ރައީސް ފޯޅަވަހި ހޯދުމަށް ފެއްޓެވި މަސައްކަތްފެނި، މޮރިޝަސްއިން ގުޅުން ކަނޑާލައިފި

ޗާގޯސް ނުވަތަ ފޯޅަވހި މައްސަލައިގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން ފާހަގަކޮށް، ރާއްޖެއާއެކު އޮތް ހުރިހާ ސިޔާސީ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް މޮރިޝަސްގެ ކެބިނެޓުން ނިންމައިފިއެވެ.

Ad Image
Ads by

އެ ގައުމުން މިއަދު އާންމުކޮށްފައިވާ ވަޒީރުންގެ މަޖިލީހުންގެ ނިންމުންތަކުގައިވާ ގޮތުން ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ އިލާކާއެއްގެ ގޮތުގައި ބަލައިގަތުން ދިވެހިރާއްޖޭގެ ސަރުކާރުން ހުއްޓާލައި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން އެ ގައުމުގެ ކެބިނެޓުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން، ދިވެހިރާއްޖެއާއެކު އޮތް ހުރިހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޕާލަމެންޓަށް ހުށަހަޅާފައިވާ ”ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއާ ބެހޭ ބިލު“ މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. މި ބިލަށް އަމަލުކުރަން ފަށާނީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެއްބަސްވުމަކަށް އާދެވުމުން ކަމަށް ކެބިނެޓުގެ ނިންމުންތަކުގެ ތެރޭގައިވެއެވެ.މޮރިޝަސްއިން އެގޮތަށް ނިންމިއިރު، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފޯޅަވަހީގެ ރަށްތަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހީން ދަންނަ, ރާއްޖޭގެ ގުދުރަތީ ސަރަހައްދުގައި އޮތް ތަނެއް ކަމަށެވެ.

މިފަދައިން ކެބިނެޓުން ނިންމާފައިމިވަނީ އެމްޑީޕީ ސަރުކާރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ރައްޔިތުންގެ ބަހެއްނެތި، މަޖްލީހަށްވެސް ސިއްރުން ފޯޅަވަހި ދޫކޮށްލަން މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ މިސަރުކާރުން ރައީސް ޑރ. މުޢިއްޒު އަނބުރާ ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

ފޯޅަވަހީގެ މިލްކުވެރި ފަރާތަކީ ދިވެހިރާއްޖެ ކަމަށް ބައިނަލްއަޤްވާމީ މާހިރުންވެސް ވިދާޅުވަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ގެންދަވަނީ މިކަމަށް ކެނޑިނޭޅި ވަކާލާތު ކުރައްވަމުންނެވެ. އެންމެފަހުން ބުރާސްފަތި ދުވަހުގެރޭ ޕީއެންސީން ބޭއްވި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ‏އަދުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލަ ހައްލުކުރާނީ ޤައުމީ ވިސްނުމުގައި ކަމަށާއި، އެތަނަކީ ޗާގޯސްގެ ނަމުން ނަންދީފައިވީނަމަވެސް، ދިވެހި ތާރީޚުން އެނގޭގޮތުގައި ދިވެހިން ފޯޅަވަހީގެ ނަމުން ނަންދީފައިވާ ތަނެއްކަމަށެވެ. އަދި އެތަނުގެ ޙައްްޤުވެރި ފަރާތަކީ ދިވެހިރާއްޖެކަމަށާއި، އެކަމަށް ކެނޑިނޭޅި ވަކާލާތު ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއާއިއެކު ރައީސް ވިދާޅުވީ ފޯޅަވަހީގެ މިލްކުވެރިކަމާއިމެދު ދައުވާ ކުރުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށެވެ. އަދި މިއީ އެއްވެސް ސިޔާސީ ބޭނުމަކަށް ކުރައްވާ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީގެ ރަސްމީ ލިޔެކިއުންތަކުގައި ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނައިފައިވާކަން ތާރީޚުން ކަށަވަރުވާ ކަމަށެވެ. އެ ކަންކަމާ އެކީގައި ޗާގޯސްގެ ރަށްތައް ކައިރިއަށް އޭރުވެސް މިހާރުވެސް ދިވެހި މަސްވެރިން މަހަށް ނިކުންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ޗާގޯސްގެ ރަށްތަކާއި ދިވެހީންގެ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި