Sunday, 27 September 2026
Ads by

އިދިކޮޅުން ކަންބޮޑުވަނީ އިންތިޚާބަށް ކަޑަޖަހަން ލިބޭ ފުރުޞަތު ގެއްލިދާނެތީ: ރައީސް

އިދިކޮޅުން ކަންބޮޑުވަނީ އިންތިޚާބަށް ކަޑަޖަހަން ލިބޭ ފުރުޞަތު ގެއްލިދާނެތީ: ރައީސް

ރައީސް މުޢިއްޒު--- ފޮޓޯ: ޕީއެންސީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަނީ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުން އަންނަ ދޮގު ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

އާޓިފިޝަލް ބީޗު ސަރަޙައްދުގައި ކޮންގްރެސް ޕާޓީން ރޭ ބޭއްވި ތަރާވީޙުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅު ހަދަނީ އިންތިޚާބަށް ކަޑަޖަހަން ލިބޭ ފުރުޞަތުތައް ހަނިވެގެންދާނެތީ ކަމަށެވެ.

މިކަމަށް ރަސްމީކޮށް ގޮތެއް ނިންމެވުމުގެ މާކުރިން، މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އިދިކޮޅުގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ގެންދިޔަ ނަމަވެސް، އެދުވަހު އެވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަ މިއަދު ބަދަލުވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް މިއަދު ބަދަލުވީ ކޮން ސަބަބަކާ ހުރެތޯ ވަރަށް ވިސްނެވި ކަމަށާއި އެކަމުގައި އެމަނިކުފާނަށް ވިސްނިވަޑައިގަތީ ކުރީ ޒަމާނުގައި ކަޑަޖަހާ އުޞޫލުން އިދިކޮޅުން ވެސް ކަޑަޖަހަން މަސައްކަތްކުރަން އުޅޭކަން ކަމަށް ރައީސް ވިދާޅުވިއެވެ.

”ކުރީ ޒަމާނުގައި މި އޮންނަ ގޮތަކީ އިންތިޚާބަށް ކަޑަޖެހުމުގެ އުޞޫލު، މިއީ އިހަށްދުވަހުގެ ކަމެއްނޫން، އެންމެ ކުރީ ޒަމާނުންސުރެ އިންތިޚާބު ގާތްވީމަ ރަށަށްދާނެ ކެންޑިޑޭޓުންނާއި އެކި ބޭފުޅުން، ގޮސްފަ ކޮންމެވެސް މަޝްރޫއެއްގެ ކަޑަޖަހާނެ ނުވަތަ ބިންގާއަޅާނެ، ދެން އެހިސާބުން ބަޚަބަރު، ނުވެސް ފެންނާނެ، އަނެއްކާވެސް އަނެއް އިންތިޚާބު އަންނަނީ، އަނެއްކާ ދާންވީ އެ ކަޑަ އައުކުރަން، ނޫނީ އައު ކަޑައެއް ޖަހަން އެހެންކަމެއްކުރަން ފަށަން އެހެން ކަޑައެއް ޖަހަން، ދެން އަނެއްކާވެސް ގެއްލުނީ،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އިންތިޚާބުތަކާއި ދިމާކޮށް ކަޑަޖެހުމުގެ އުޞޫލު ކުރިއަށްގެންދިއުމުގެ އާދަ އަށަގަނެފައިވާ ފަރާތްތަކުން އެކަން އެގޮތަށް ކުރަން ބޭނުންވާކަން ހާމަވާކަމުގެ ހެއްކަކީ ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން މީގެކުރިން އެއްބަސްވުމަށްފަހު މިއަދު އެކަމާ ދެކޮޅު ހަދައި އަޑުއުފުލުމެވެ. ދެ އިންތިޚާބު އެއްކޮށްލަނީ ކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ދޮގު ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން އެއްވެސް ޙާލެއްގައި މައި ދެ އިންތިޚާބު އެއްކޮށްލަން މަސައްކަތެއް ނުކުރާނެ ކަމަށާއި ކުރަންއުޅޭ ކަމަކީ އެއްދުވަހެއްގައި މައި ދެ އިންތިޙާބު ބޭއްވުން ކަމަށެވެ.

މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން އަންނައިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރު ރައީސް ކަމުގައި ހުންނެވި އިބްރާހިމް މުޙައްމަދު ޞާލިޙް، 14 ޖަނަވަރީ 2020 ވީ އަންގާރަ ދުވަހު ހދ. ނޮޅިވަރަމަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ތިން އިންތިޚާބު އެކުގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް މިސަރުކާރުން ނިންމުމުން އެމްޑީޕީން އެކަމާ ދެކޮޅު ހަދަމުންދާތީ ގިނަ ބަޔަކު އަންނަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ކުރިން ރައްޔިތުންގެ ޚިޔާލެއް އެކަމުގައި ހޯދުމަށް އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި