Ads by
ޚަބަރު
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައި - ފޮޓޯ:އަވަސް

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Eki Online

ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލުގެ ބައްދަލުވުމުގައި، އެގޮތަށް ނިންމީ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް މަޝްވަރާ ކުރުމަށް ފަހުގައެވެ. އެ މިނިސްޓްރީން އެދިފައި ވަނީ އީދު ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާތީ އެ ދުވަހުގެ ހަވީރު ހަމައެކަނި ފައިމަގުގައި އުޅެވޭ ގޮތަށް ހަމަޖައްސައިދިނުމަށެވެ.

ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި، އީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް ވެހިކަލް ދުއްވުން މަނާކޮށް، ފައިމަގުގައި އުޅޭ ގޮތަށް ހެދުމަށް މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ހުށަހެޅުއްވިއެވެ. އެހެންނަމަވެސް އޭނާގެ ހުށަހެޅުއްވުން ފާސްވެފައެއް ނުވެއެވެ.

ކައުންސިލުގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ހުށަހެޅުމާ އެއްގޮތަށް އީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށެވެ. އެ ހުށަހެޅުން ފާސްވެފައި ވަނީ ހަތް ވޯޓުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *