Ads by
ޚަބަރު
ހަސަންގެ ޝިޔާމްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ހަސަން ޝިޔާމް: އޭނާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައި - ފޮޓޯ:ހަސަން ކެމްޕެއިން

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ، ހަސަން ޝިޔާމްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

Ads by Eki Online

ހަސަންގެ ކެންޑިޑެސީ ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައި ވަނީ ސާބިތު ދަރަންޏެއްގެ މައްސަލައިގައި އަމިއްލަ ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަސަންގެ ކިބައިގައި ހަމަނުވާ ކަމަށެވެ. އެއީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެމެ، އެ ދަރަނި ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ހަސަންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި އޮތް އިސްތިއުނާފު މައްސަލައެއްގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޯޓުން ހުކުމް ކުރުމާ އެކު، ހަސަންގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަށަވަރުވާ ކަމަށް ބުނެއެވެ. އެހެންނަމަވެސް، އެ ހުކުމުގައި ހަސަންގެ ދަރަންޏެއް އޮތް ކަމަށް ސާބިތުވި ނަމަވެސް، އޭނާއަކީ ދަރަންޏަށް ފައިސާ ދައްކަމުން ނުދާ މީހެއްގެ ކަމުގައި މާނަ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވެއެެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ހަސަންއަށް މި މައްސަލަ ކުރިމަތިވިއެވެ. އެ ފަހަރު އީސީން އޭނާގެ ކެންޑިޑެންސީ ބަލައި ނުގަތުމުން، ކެންޑިޑެންސީ ބަލައިގެންފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމަކަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *