Ads by
ޚަބަރު
އެއަރޕޯޓުތައް ތަރައްގީކުރާނެ ރަށްތައް ރައީސްގެ ގަރާރަކުން ކަނޑައަޅައިފި
ރައީސް މުޢިއްޒު: އެއަރޕޯޓުތައް ތަރައްގީކުރާނެ ރަށްތައް ގަރާރަކުން ވަނީ ކަނޑައަޅުއްވާފައި - ފޮޓޯ:ރައީސް އޮފީސް

އިތުރު އެއަރޕޯޓުތައް ތަރައްގީކުރާނެ ރަށްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ގެޒެޓުކުރި ގަރާރުގައި ވަނީ އެއަރޕޯޓުތައް ހެދުމަށް އެންމެ މަދުން އިންވެސްޓް ކުރެވޭނެ އަދަދުތައް ކަނޑައަޅައި، މަޝްރޫއު ހަވާލުކުރާ ފަރާތުން އެންމެ މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓަށް ބަދަލު ގެނެސްފައެވެ.

ރައީސް އިއްޔެ ނެރުއްވި ގަރާރުގައި އަލަށް އެއަރޕޯޓު އަޅާނެ ނުވަ ރަށެއް ހިމަނާފައިވާއިރު، މިހާރު މަސައްކަތް ފަށާފައިވާ ހަ އެއަރޕޯޓެއް ނިންމުމަށް ކަނޑައަޅާފައިވެއެވެ.

އަލަށް އެއަރޕޯޓު އަޅަން ނިންމާފައި ވަނީ:

 • ހއ. ދިއްދޫ
 • ށ. ދިގުވެލި
 • ށ. މިލަންދޫ
 • ނ. ވިހަފަރު
 • ރ. ފައިނު
 • އއ. މަތިވެރި
 • ފ. ނިލަންދޫ
 • ގއ. މާޅެންދޫ
 • ތ. ގުރައިދޫ

މީގެ އިތުރުން ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްގީ ކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި ގއ. ވިލިނގިއްޔާއި ތިނަދޫ ސިޓީ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމަށް ހިމަނާފައިވެއެވެ.

މިހާރު ހިންގަމުން އަންނަ އެއަރޕޯޓުތަކުގެ ތެރެއިން ތަރައްގީ ކުރާނީ:

 • އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓު
 • ށ. ފުނަދޫ އެއަރޕޯޓު
 • ބ. ދަރަވަންދޫ އެއަރޕޯޓު
 • ހދ. ކުޅުދުއްފުށި އެއަރޕޯޓު
 • ފުވައްމުލަކު އެއަރޕޯޓު
 • ގދ. މާވަރުލު އެއަރޕޯޓު

ރައީސްގެ ގަރާރުގައި ވަނީ މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އެއަރޕޯޓުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައެވެ.

އެއަރޕޯޓުތަކުގެ އިތުރުން ދެ ސަރަހައްދެއްގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫއުތައް ހިންގުމަށް ރައީސްގެ ގަރާރުގައި ވަނީ ހިމަނާފައެވެ. އެއީ ލ. ގަމުގަ އާއި އައްޑޫ ސިޓީގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *