Ads by
ޚަބަރު
އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒީނާދު
އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޒީނާދު - ފޮޓޯ:ސީއޭ މޯލްޑިވްސް

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޒީނާދު އައްޔަންކުރައްވައިފިއެވެ.

Ads by Eki Online

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ރާއްޖޭގައި އުފެއްދި ފުރަތަމަ މާލީ އިދާރާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސީ ޒީނާދެވެ. އޭނާ ވަނީ އެ މަގާމު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އަދާކުރައްވާފައެވެ.

އޭގެ ކުރިން ޒީނާދު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފް ގަވަމެންޓް ލޯން ސްކީމްގެ މަގާމު އަދާކުރައްވާފައެވެ. އޭގެއިތުރުން މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) ގައި ވެސް އިސް މަގާމުތަކެއް އޭނާ ފުރުއްވާފައިވެއެވެ.

ޒީނާދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީން ފައިނޭންސް ދާއިރާއިން މާސްޓަރސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *