Ads by
ޚަބަރު
ވޯޓުލެވޭ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރަން ހުޅުވާލަނީ
އިންތިހާބެއްގައި ވޯޓުލުން ކުރިއަށް ދަނީ: މަޖިލިސް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރަން އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ - ފޮޓޯ:އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރަން އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by Eki Online

އީސީން ކުރި އިއުލާނެއްގައި ބުނީ، އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ޖެހިގެން އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 12:00 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. ސޮއި ކުރުން ކުރިއަށް ދާނީ، ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 3:00 އަށް އަދި ރޭގަނޑު 9:00 އިން ފެށިގެން 12:00 އަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު، ދަރުބާރުގޭގައެވެ.

އީސީން ބުނެފައި ވަނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާ ނަމަ، އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާ އެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއި ކުރަން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، ސޮއި ކުރަން އަންނައިރު ގެންނަން ޖެހޭނެ ކަމަށް ވެސް އީސީން ބުނެފައިވެއެވެ.

މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އިންތިހާބުގައި ޖުމްލަ 608 ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ތިން ފޮއްޓެއް ބެހެއްޓުމަށް ހަަމަޖެހިފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީ ލަންކާގެ ކޮލަމްބޯ އަދި މެލޭޝިއާގެ ކުއަލަލަމްޕޫރުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *