Sunday, 26 July 2026
Ads by

މޭރީގެ ޤާތިލު މާވިން އިސްލާމްވެއްޖެ، މިހާރު އޭނާގެ ނަމަކީ ޔޫސުފް!

މޭރީގެ ޤާތިލު މާވިން އިސްލާމްވެއްޖެ، މިހާރު އޭނާގެ ނަމަކީ ޔޫސުފް!

މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތުގައި ދަޢުވާ ކުރާ މާވިން އަދި އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާކުރާ ލަމްހާ---

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމަށް ތުޙުމަތުކުރެވޭ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް ޖަލުގައި ހުރެ އިސްލާމް ދީން ޤަބޫލުކޮށްފިއެވެ.

Ad Image
Ads by

މާވިން އިސްލާމް ދީން ޤަބޫލުކޮށްފައިވާކަން އެނގުނީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ. އިސްލާމް ދީން ޤަބޫލުކުރުމަށްފަހު މާވިން ވަނީ އޭނާގެ ނަން ޔޫސުފްއަށް ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއްވެސް ފޮނުވައިފައެވެ.

މާވިން އިސްލާމް ދީން ޤަބޫލުކޮށްފައިވާތީ، އޭނާގެ މައްޗަށް ދަޢުލަތުން ކުރާ ދަޢުވާ ސާބިތުވެއްޖެނަމަ ކަނޑައަޅާ އަދަބަށް ބަދަލެއް ގެންނަންޖެހޭނެ ކަމަށް ދަޢުލަތުން ދެކޭތޯ ދިފާޢީ ވަކީލު ސުވާލު ކުރެއްވުމުން، އެކަމާ މެދު ގޮތެއް ނިންމުމަށް ވަޤުތު ދިނުމަށް ދަޢުލަތުން ވަނީ އެދިފައެވެ.

މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ޚުލާޞާ ބަޔާން އިއްވުން އޮތް ނަމަވެސް، ބައެއް ލިޔެކިޔުންތައް ފުރިހަމައަށް ނުލިބޭތީ ތައްޔާރުވާންޖެހޭ ބައެއް ކަންކަމަށް ތައްޔާރުވުމަށް ދިފާޢީ ވަކީލު އިތުރު ވަގުތަށް އެދުމުން، މައްސަލަ ބައްލަވާ ޣާޒީ މުޒައްމިލު ނާސިރު ވަނީ އަންނަ މާރިޗު މަހާއި ހަމައަށް އެ ފުރުޞަތު ދެއްވައިފައެވެ.

މީގެ ހަތަރު އަހަރުކުރިން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މޭރީ ގްރޭސްގެ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާހާސްކޮށްލައިގެން އޭނާ މަރާލި ކަމުގެ ތުޙުމަތުގައި މާވިންގެ މައްޗަށް ޤަޞްތުގައި މީހަކު މެރުމުގެ ކުށް ދަޢުލަތުން ކުރެއެވެ. މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަޙުޤީޤަށް ޝައްކުކުރެވޭ އެތަށް ކަމެއް ފާހަގަވުމާ ގުޅިގެން މާވިން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބެލި ބެލުމުގައި، މި ހާދިސާ ހިނގީ މާވިން އާއި އައިޖީއެމްއެޗްގެ އީއާރުގައި މަސައްކަތްކުރި ނަރުހެއް ކަމުގައިވާ ލަމްހާގެ ލޯބީގެ ގުޅުމުގެ ތެރެއިން އުފެދުނު މައްސަލަތަކެއްގެ ސަބަބުން ކަން ހާމަވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ލަމްހާގެ މައްޗަށް ވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލައިފައެވެ. ލަމްހާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާއަކީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. މީގެ އިތުރުން ހުއްދަ ނޫން ބޭސްތަކެއް ގެންގުޅުނު މައްސަލާގައި ވެސް ލަމްހާގެ މައްޗަށް ދަޢުލަތުން ވަނީ ދަޢުވާ ކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި