Sunday, 26 July 2026
Ads by

މާލޭ ސަރަޙައްދުން ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މާލޭ ސަރަޙައްދުން ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހިޔާ ފްލެޓް---

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން މާލޭ ސަރަޙައްދުން ދޫކުރާ ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ad Image
Ads by

މިކަން ހާމަކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން ދާދި ދެންމެއަކު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 23:59 އާއި ހަމައަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 5،067 ފަރާތަކުން ވަނީ ފޯމު ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި 3,434 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވަނީ 1,633 ފަރާތަކުންނެވެ. މީގެ އިތުރުން، ޑްރާފްޓް މަރުޙަލާގައި 11,304 ފަރާތެއް ތިބިކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން 1،200 އަކަފޫޓުގެ ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، މީގެ ތެރެއިން މާލޭގެ ރަށްވެހިންނަށާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިންނެވެ.

މީގެ އިތުރުން ޖުމްލަ 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލޭ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 4,000 ފްލެޓެވެ. އެއީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ސަރުކާރަކުން ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ”ހިޔާވަހި“ ޕޯޓަލްއަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ އަންނަ މާރިޗު މަހުގެ ހަތަރުވަނަ ދުވަހެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު ފްލެޓަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހެވެ. މީގެ ކުރިން ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި