Saturday, 24 October 2026
Ads by

ރަމަޟާން މަހުގެ ފަހުދިހައެއް ހިމެނޭ ދުވަސްތައް މިއަހަރުވެސް ބަންދުވާނެ!

ރަމަޟާން މަހުގެ ފަހުދިހައެއް ހިމެނޭ ދުވަސްތައް މިއަހަރުވެސް ބަންދުވާނެ!

ވެލާނާގެ--- ފޮޓޯ: އެކި އެމްވީ

މިއަހަރުގެ ރަމަޟާން މަހުގެ ފަހުދިހައެއް ހިމެނޭ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ރައީސް އޮފީހުން މިއަދު ބުނީެފައިވަނީ އަންނަ މާރިޗު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހުދިހައެއް ނިމުމާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ. އެއީ، 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން 4 ފެބުރުވަރީ 2024 ވަނަ ދުވަހު ނެރުއްވި ދެންނެވުމުން އެކަން ހަމަޖައްސަވާފައިވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރަމަޟާން މަހުގެ ފަހު 10 ހިމެނޭ ދުވަސްތަކަކީ ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖެއްސީ، އިސްލާމީ އުޞޫލުތައް ޤާއިމުކުރުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞުތު ދިނުމުގެ ގޮތުންނެވެ.

ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރައީސް އޮފީހުން ވަނީ އިތުރަށް ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި