Ads by
ޚަބަރު
ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައި - ފޮޓޯ:އެޗްޑީސީ

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

Ads by Eki Online

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް އެޗްޑީސީން މިއަދު ފެށިއިރު، އެ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ގޯތި ހަވާލުކުރުން އަވަސް ކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި ބައެއް ގޯތިތަކަށް އަރާފައިވާ ފެނާ ނަރުދަމާގެ ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނެފައި ވަނީ މި ގޯތިތަކުގެ އިން ވަކިކޮށް، ހަވާލުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ދަނީ ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *