Ads by
ޚަބަރު
ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އިންފްރާސްޓްރަކްޗަރ މިނިސްޓްރީ

ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

Ads by Eki Online

ނިލަންދޫގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަބުދުﷲ ޒިޔާދެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުންވިޔަސް އެންމެ ގިނައިރު ވެގެން ވެސް 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއަރޕޯޓެއް ގާއިމުކޮށް، ގައުމީ ޑޮމެސްޓިކް އެއަރޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ވެވުނު އެެއްބަސްވުމެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން:

  • 42.6 ހެކްޓަރުގެ ބިިން ހިއްކުން (1،220،000 ކޮޑިމީޓަރ ވެލި)
  • 2،098 މީޓަރ ބޮޑުހިލަ ރިވެޓްމެންޓް ޖެހުމާއި 1،400 މީޓަރ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން

ނިލަންދޫގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *