Ads by
ޚަބަރު
ރޯދަ މަހު ފަހު ދިހައިގައި ބީއެމްއެލުން ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފި
ބީއެމްއެލުން ކަސްޓަމަރަކު ހިދުމަތް ހޯދަނީ - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަ މަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް އެ ބޭންކުގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނެ ގަޑި އިއުލާންކޮށްފިއެވެ.

Ads by Eki Online

ބީއެމްއެލުން ބުނީ އެ ބޭންކުގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ރޯދަ މަހުގެ ފަހު ދިހައިގައި ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

މި މުއްދަތުގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން، ޕޭ ރޯލް އަދި ބަލްކް ޓްރާންސްފަރސްގެ އިތުރުން ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްސް ހެނދުނު 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެ ދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނެފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައް ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި އެ ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ އެކި ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ވަނީ ރޯދަ މަހުގެ ފަހު ދިހައިގައި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތް ހޯދުމަށް އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *