Ads by
ޚަބަރު
ޗައިނާއިން ހަދިޔާކުރި ދޮޅުހާސް ޓަނުގެ ފެން ގެނެސްފި
ރައީސް މުޢިއްޒު، ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން އާއެކު - ފޮޓޯ:ރައީސް އޮފީސް

ޗައިނާއިން ހަދިޔާކުރި 1،500 ޓަނުގެ ބޯފެން ރާއްޖެއަށް ގެނެސްފިއެވެ.

Ads by Eki Online

ޗައިނާއިން ބޯފެން ހަދިޔާ ކުރުމަށް ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެ ގައުމުގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން ޔަން ޖިން ހައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރައްވާ ކުރެއްވެވި މަޝްވަރާތަކުގެ ތެރެއިން ޗެއަރމަން ޔަން ވަނީ ރާއްޖޭގައި ސާފު ބޯފެނުގެ ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައި ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1,500 ޓަނުގެ ފުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފައެވެ.

ޗައިނާއިން ހަދިޔާކުރި ފެނުގެ ޝިޕްމެންޓް މިހާރު ގެނެސްފައިވާއިރު ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި ރަށްތަކަށް އެހީގެ ގޮތުގައި މި ފެން ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

 

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *