Ads by
ޚަބަރު
މަޖިލިސް24 – ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން(އީސީ)ން އާންމު ކޮށްފިއެވެ.

Ads by Eki Online

އީސީން ބުނެފައިވަނީ، 21 އެޕްރީލް ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފައިވާ ކަމަށާއި، މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި އަދި، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނެފައިވަނީ އަންނަ މަހު 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީ-ރަޖިސްޓާކުރަން ހުޅުވައިލި މުއްދަތުގައި އީފާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވަނީ ޖުމުލަ 11،169 މީހުން ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *