Ads by
ޚަބަރު
އެކި ސުފުރާ: ބްރެޑް ޕޮކެޓްސް

ބޭނުންވާތަކެތި:

Ads by Eki Online

10 ފޮތި ޕާން

3 ސަމްސާ ފާރޮށި ކުނޑި

1 ބިސް

2 ފިޔާ ކޮށާފައި

1 މޭޒުމަތީ ސަމްސާ އިނގުރު-ލުނބޯ ޕޭސްޓް

1/2 ޓޮމާޓޯ ކޮށާފައި

1/2 މޭޒުމަތީ ސަމްސާ ތެޅި މިރުސް

2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް

2 މޭޒުމަތީ ސަމުސާ މަޔޮނެއިޒް

1/2 ޖޯޑު ކުކުޅު ފިހެލުމަށްފަހު ކުދިކޮށް ކޮށާފައި

1/2 ޖޯޑު ގްރީން ޕީސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ތަވާ ހޫނުކޮށްލުމަށްފަހު މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާށެވެ. އޭގެ ތެރެއަށް ފިޔާ އަޅާލާށެވެ. ދެން އިނގުރު ލުނބޯ ޕޭސްޓް އަޅާލުމަށްފަހުފިޔާ މީރުވަންދެން ކައްކާލާށެވެ.

ކޮށާފައި ހުރި ޓޮމާޓޯ ކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. އޭގެތެރެއަށް މިރުސް ޕައުޑަރް އަޅާލާށެވެ. އެއަށްފަހު ޓޮމާޓޯ ކެޗަޕް، މެޔޮނީޒްއަދި ފްރޯޒެން ގްރީން ޕީސްއެއްކޮށްލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. އޭގެތެރެއަށް ކުކުޅުކޮށް އަޅާލާށެވެ.

ދެން ޕާން ފޮތިތައް ނަގައި ވަށައިގެން އިންނަ ބައި ނެގުމަށްފަހު ދެ ޕާންފޮތިރޮށި ދަމާހެން ރަނގަޅަށް ފްލެޓްކޮށްލާށެވެ. އެއަށްފަހު ކުކީ ކަޓަރ ނުވަތަވަށްކޮށް އިންނަ އެއްޗަކުން ޕާންފޮތި ވަށްކޮށް އިންނާނެހެން ކަފާލާށެވެ. ދެން ބިސް ތަށްޓަކަށް އަޅައި ވަށްކޮށް ދެންމެ ތައްޔާރުކުރި ޕާން އެއަށްއަޅައި ފޯ ކޮށްލާށެވެ. އޭގެން ނަގައި ފާރޮށި ކުނޑި ބުރުވާލާށެވެ.

ތެޔޮ ހޫނުކޮށްލާށެވެ. އެއަށް ޕާންތައް އަޅައި ފުއްޕާލައި ގޯލްޑަން ބްރައުންކުލައަށް ބަދަލުވަންދެން ޑީޕް ފްރައިކޮށްލާށެވެ. ފިލިން އެޅުމަށް ޕާނުގެ މެދުންބުރިކޮށްލާށެވެ. އެއަށްފަހު ކުރިންތައްޔާރު ކުރި ސޯސްގަނޑު އެއަށްއަޅާލާށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *