Ads by
ޚަބަރު
ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭނެގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން: ރައީސް

ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭނެގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް އެހެން ވިދާޅުވީ އާންމުންނަށް ރައީސްއާ ސުވާލުކުރެވޭ ގޮތަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި އާއްމުންގެ މީހަކު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ.

އަދި ޑްރޯންތައް ދުއްވުމުގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށާއި، އެއްވެސް ގައުމެއްގެ ސިފައިންނެއް އެކަމުގައި އެހީތެރިވުމަށް ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“އިހަށްދުވަހު މި ތައާރަފުކުރި ސިފައިންގެ އެއާކޯ ސާވިސްގައިވެސް، އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީތައް ޑްރޯނުތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑްރޯނުތައް އޮޕަރޭޓުކުރުމާއި އުދުހުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނީ ވެސް ދިވެހި ސިފައިން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *