Wednesday, 9 September 2026
Ads by

މަގުމަތި ހަލަބޮލި ކުރަން މިއަހަރުވެސް ފަހު 10 ގައި އެމްޑީޕީން މަގުމައްޗަށް!

މަގުމަތި ހަލަބޮލި ކުރަން މިއަހަރުވެސް ފަހު 10 ގައި އެމްޑީޕީން މަގުމައްޗަށް!

އެމްޑީޕީން ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން---

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނެގުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ނަމުގައި މާލޭގެ މަގުތަކަށް ނުކުމެ، މަގުމަތި ހަލަބޮލިކުރަން އެމްޑީޕީން ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރެވެ. އޭނާ ވިދާޅުވި ގޮތުގައި، ”ހުދުމުޚުތާރު“ ވެރިކަމަކަށް ރާއްޖެ އަނބުރާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވާން ޖެހޭ ކަމަށާއި، އެކަމުގައި އެމްޑީޕީން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުން ބައިވެރިވެ، ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

އެމްޑިޕީން އަންނަނީ މައި ދެ އިންތިޚާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ޚިޔާލެއް ހޯދުމަށް ނެގުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ.

އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށާއި، އަންނަ މާރިޗު މަހުގެ 21 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް މަޢުރޫފް ވަނީ ވިދާޅުވެފައެވެ.

މަޢުރޫފްގެ އިތުރުން އެމްޑީޕީގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި އެ ޕާޓީގެ ބައެއް އިސްފަރާތްތަކުން ވަނީ މައި ދެ އިންތިޚާބު އެއްކޮށްލުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ވެސް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ އިންތިޚާބު އެއްކޮށްލަން އުޅުއްވަނީ އަމިއްލަ ފައިދާއަށް ވެރިކަމުގެ ދައުރު 20 އަހަރަށް ދަންމާލުމަށްޓަކައި ކަމަށާއި އެއީ ސީދާ ރައްޔިތުންގެ އަތުން ރައްޔިތުންގެ ބާރު ކަނޑުވާލުމަށް އެމަނިކުފާނު ކުރައްވަން އުޅުއްވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މައި ދެ އިންތިޚާބު އެއްކޮށްލުމާ އެމްޑީޕީން ދެކޮޅަށް ވާހަކަދައްކަމުން އަންނައިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރު ރައީސް ކަމުގައި ހުންނެވި އިބްރާހިމް މުޙައްމަދު ޞާލިޙް، 14 ޖަނަވަރީ 2020 ވީ އަންގާރަ ދުވަހު ހދ. ނޮޅިވަރަމަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ތިން އިންތިޚާބު އެކުގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިހުތިޖާޖުކުރުމުގެ ނަމުގައި އެމްޑީޕީ އަކީ އަބަދުވެސް މަގު މައްޗަށް ނުކުމެ މަގުމަތި ހަލަބޮލިކުރުމަށް މަސައްކަތް ކުރާ ހިތްވާ ޕާޓީއެކެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެ ޕާޓީން ވަނީ މަގުމައްޗަށް ނުކުމެ ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައިފައެވެ. އަދި އެމްޑީޕީ ވެރިކަން ނިމުނުފަހުން ކޮންމެ ރަމަޟާން މަހެއްގެ ފަހު 10 ގައި މަގުތަކަށް ނުކުމެ ދީނީ އަޅުކަންތަކަށް ދަނީ ހުރަސް އަޅަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި