Sunday, 27 September 2026
Ads by

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުނުދީ އެމްޑީޕީން ޕްރެސް ކޮންފަރެންސް ނިންމާލައިފި

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުނުދީ އެމްޑީޕީން ޕްރެސް ކޮންފަރެންސް ނިންމާލައިފި

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލުކުރަން ފުރުޞަތު ނުދީ ޕްރެސް ކޮންފަރެންސް ނިންމާލައިފިއެވެ.

Ad Image
Ads by

އެމްޑީޕީގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން މަޢުޟޫއު ޚާއްޞަކޮށްފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނެގުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުންނެވެ. ސަރުކާރުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލެއް އެކަމުގައި ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމައި ރައްޔިތުން އެދޭ ގޮތަށް ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުން ފަށަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ނޫސްވެރިންނަށް ސުވާލުކުރަން ފުރުޞަތު ހުޅުވާލާނެކަމަށް ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ވަނީ ނަމާދު ވަގުތު ޖެހެނީ ކަމަށް ވިދާޅުވެ ނޫސްވެރިންނަށް ސުވާލުކުރަން ފުރުޞަތު ނުދީ ބައްދަލުވުން ނިންމާލައިފައެވެ. ނަމާދު ވަގުތު ޖެހެނީ ކަމަށް ބުނެ ބައްދަލުވުން ނިންމާލި ނަމަވެސް، ބައްދަލުވުން ނިންމާލި ވަގުތާ ޢަޞްރު ނަމާދު ބަންގި ގޮވުމާ ދޭތެރޭގައި އޭރު 20 މިނެޓް އޮތެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާ ކަމަށް ބުނެ ފާޑުކިޔާ މީހުންގެ ޙާލަކީ މިއީތޯ އެއް ބަޔަކު ސުވާލު އުފައްދާފައިވާއިރު، އަނެއް ބަޔަކު ވަނީ ލާދީނިއްޔަތު ފަތުރަން މަސައްކަތް ކުރާ ބަޔަކު ނަމާދަށް އިސްކަން ދޭނެތޯ ވެސް ސުވާލު އުފައްދައިފައެވެ.

އެމްޑީޕީގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި އެ ޕާޓީގެ ބައެއް އިސްފަރާތްތަކުން ވަނީ މައި ދެ އިންތިޚާބު އެއްކޮށްލުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ވެސް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ އިންތިޚާބު އެއްކޮށްލަން އުޅުއްވަނީ އަމިއްލަ ފައިދާއަށް ވެރިކަމުގެ ދައުރު 20 އަހަރަށް ދަންމާލުމަށް ކަމަށާއި، އެއީ ސީދާ ރައްޔިތުންގެ އަތުން ރައްޔިތުންގެ ބާރު ކަނޑުވާލުމަށް އެމަނިކުފާނު ކުރައްވަން އުޅުއްވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މައި ދެ އިންތިޚާބު އެއްކޮށްލުމާ އެމްޑީޕީން ދެކޮޅަށް ވާހަކަދައްކަމުން އަންނައިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރު ރައީސް ކަމުގައި ހުންނެވި އިބްރާހިމް މުޙައްމަދު ޞާލިޙް، 14 ޖަނަވަރީ 2020 ވީ އަންގާރަ ދުވަހު ހދ. ނޮޅިވަރަމަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ތިން އިންތިޚާބު އެކުގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ މައި ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުން ކޮންމެ ގޮތަކަށް ގޮތް ނިންމި ކަމުގައިވީ ނަމަވެސް އަދުގެ ސަރުކާރުން ރައްޔިތުންގެ ނިންމުމަށް އިޙުތިރާމް ކުރާނެ ކަން މީގެ ކުރިން ވެސް ވަނީ ހާމަކޮށްދީފައެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން އެ އަތޮޅު ފޭދޫ، މީދޫ އަދި ހުޅުދޫ ވަކިކުރުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ފޭދޫ ރައްޔިތުންގެ ނިންމުމަށް އިޙުތިރާމްކޮށް އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކި ނުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި