Sunday, 26 July 2026
Ads by

އިންޑިއާގެ ނިއު ދިއްލީއަށް ދަތުރު ކުރަމުންދިޔަ އެއާ އެމްބިއުލާންސެއް ވެއްޓި އެންމެން މަރުވެއްޖެ

އިންޑިއާގެ ނިއު ދިއްލީއަށް ދަތުރު ކުރަމުންދިޔަ އެއާ އެމްބިއުލާންސެއް ވެއްޓި އެންމެން މަރުވެއްޖެ

އިންޑިއާގެ ޖަރްކަންޑްގެ ރާންޗީން ނިއު ދިއްލީއަށް ދަތުރުކުރަމުން ދިޔަ އެއާ އެމްބިއުލްންސެއް ވެއްޓިއްޖެއެވެ. އެ ބޯޓު ވެއްޓުނީ ރޭގެ ވަގުތެއްގައި ޖަރްކަންޑްގެ ޗަތުރާ ޑިސްޓްރިކްޓަށެވެ.

Ad Image
Ads by

މި ހާދިސާ ހިނގިއިރު ބޯޓުގައި ހަތް މީހަކު ތިއްބެވެ. އެއީ ބަލިމީހާގެ އިތުރުން ޑޮކްޓަރަކާއި ޕެރަމެޑިކް އަކާއި ދެ އެޓެންޑެންޓެއްގެ އިތުރުން، ޕައިލެޓެއްގެ އިތުރުން ކޯ ޕައިލެޓެކެވެ. މި ހާދިސާގައި ބޯޓުން ދަތުރު ކުރި އެންމެން މަރުވެފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ދިއްލީގެ ރެޑްބާޑް އެއާވޭސް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރާ ބީޗްކްރާފްޓް ކިންގް އެއާ ބީއީ9އެލް މަރުކާގެ އެ މަތިންދާބޯޓު ރާންޗީން ފުރީ ރޭ 7:11 ގައެވެ. އިންޑިއާގެ ނޫސް އޭޖެންސީތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވެއްޓިފައިވާ މަތިންދާބޯޓު ބައިތަކުން އެނގޭ ގޮތުގައި އެއީ ޓާބޯޕްރޮޕް މަތިންދާބޯޓެކެވެ.

އެ ބޯޓު ދިއްލީއަށް ޖައްސާނެ ކަމަށް އޭރު ލަފާ ކުރި ގަޑިއަކީ ރޭ 10:00 އެވެ. ނަމަވެސް އެ ބޯޓާއި އެއާ ޓްރެފިކް ކޮންޓްރޯލާއި ރޭ 7:34 ގައި ވަނީ ގުޅުން ކެނޑިފައެވެ. އެ ބޯޓު ވެއްޓުނު ޗަތުރާ ޑިސްޓްރިކްޓަކީ އެ ސްޓޭޓުގެ ވެރިރަށް ރާންޗީއާ 130 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ.

ޗަޓްރާގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެޗްޓީ އަށް ވިދާޅުވީ ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި