Ads by
ޚަބަރު
އެކި ސުފުރާ: ޕާން ބޯކިބާ

ބޭނުންވާނެތަކެތި:

10 ފޮތި ހުދު ޕާން (ކުދިކުދި އެތިކޮޅުކޮޅު ހުންނާނެގޮތަށް ކުދިކޮށްފައި)
1 ދަޅު ގެރިކިރު

Ads by Eki Online

2 ބިސް

1 ސައިސަމުސާ ތެޔޮ

¼ ޖޯޑު ކެޝޫ ނަޓް (ކުދިކޮށް ކޮށާފައި)

1 ސައިސަމުސާ ވެނީލާ އެސެންސް

2 ޖޯޑު ފެން

ތައްޔާރުކުރާނެގޮތް:

އެންެމެ ފުރަތަމަ އަވަން ހޫނުކުރަން ޖައްސާށެވެ. އަދި ކުދިކުދި އެތިކޮޅު ހުންނަ ގޮތަށް ކުދިކޮށްފައި ހުރި ޕާންތައް ބޯތަށްޓަކަށް އަޅައި އޭގެ ތެރެއަށް ހުރިހާ ޕާންތައް ފޯވާވަރަށް ފެން އަޅާށެވެ. ފެން އެޅުމަށް ފަހު 30 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެެވެ.

އެއަށް ފަހު ބޯތަށްޓަކަށް ބިސްކޮޅު އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ތެލާއި ގެރިކިރު އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ. އެއްވުމުން ކުދިކޮށް ކޮށައިފައި ހުރިކެޝޫ ނަޓް އަޅައި އަނެއްކާ ވެސް އެއްކޮށްލާށެވެ.

ރަނގަޅަށް އެއްވުމުން ފޯކުރި ޕާން އެއަށް އަޅައި އެއްކޮށްލާށެވެ. އެއަށް ފަހު ބޭކިން ޓްރޭގައި ތެޔޮކޮޅެއް ލުމަށް ފަހު އެއަށް އެއްކުރި ސާމާނު އޮއްސައިލައި ރީއްޗަށް މަތި އޮމާން ކޮށްލާށެވެ.

އަވަނުގެ ތެރެއަށް ޓްރޭ ލުމަށް ފަހު ރަނގަޅަށް ރޯފިލަން ދެން ފިހެލާށެވެ. ފިހެ ނިމޭ އިރު މައްޗަށް ހުންނާނީ ރަން މުށި ކުލަ އަރައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *