Ads by
ޚަބަރު
ދިރާގުން ހިލޭ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑްކުރެވޭ ޕްރޮމޯޝަނެއް
ރެސިޑެންޝަލް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ވަނީ ފަށާފައި - ފޮޓޯ:ދިރާގު

ރެސިޑެންޝަލް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ފަށައިފިއެވެ.

Ads by Eki Online

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ 5އެމް ސްޓާޓަރއިން ފެށިގެން ފައިބަރ 30އެމް ބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ. މި އޮފަރ އާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާއި އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖުގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ހިޔާރު ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

“މި އަހަރުގެ ރަމަޟާން މަހުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އާ އޮފަރ ތައާރަފު ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮމޯޝަނުގެ ސަބަބުން އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އެލަވަންސްތަކާ އެކު ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދާނެ. އަޅުގަނޑުމެންގެ އުންމީދަކީ މި އޮފަރގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިވެގެން ދާނެ ކަމަށް،” – ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް

މި އަހަރު ދިރާގުން ވަނީ ދިރާގު އެޕް މެދުވެރިކޮށް ރޯދަ މަހަށް ހާއްސަ ފަސް އޮފަރއެއް ވެސް ތައާރަފުކޮށްފައެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *