Saturday, 24 October 2026
Ads by

ސަޢޫދީން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސަޢޫދީން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ރާއްޖެއަށް ކަދުރު ހަދިޔާކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޔަޙްޔާ ޙަސަން އަލްގަހްތާނީއެވެ. ރާއްޖޭގެ ފަރާތުން ސަޢޫދީން ދެއްވި ހަދިޔާއާއި ޙަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް މި ވަގުތު 15 ޓަނުގެ ކަދުރު ހަދިޔާ ކުރެއްވި ނަމަވެސް، އެ ޤައުމުގެ ސަރުކާރުންވަނީ ޖުމްލަ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ބާކީ ހުރި ކަދުރު ޝިޕްމަންޓް މިހާރު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށާއި، އެ ޝިޕްމަންޓް ލިބުމާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަކަށް ކަދުރު ބެހުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ ޤައުމެއްކަން ފާހަގަކުރައްވައި، އެ ޤައުމުން ރާއްޖެއަށް ވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަކުވެސް ސަޢޫދީން ރާއްޖެއަށް ކަދުރު ހަދިޔާކުރުމަކީ ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ގާތް ގުޅުން ހާމަވެގެންދާ ކަމެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ސަޢޫދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާ ކުރަމުންނެވެ. އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރުވެސް 60 ޓަނުގެ ކަދުރު އެ ޤައުމުގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި