Ads by
ޚަބަރު
ކޯޓުއާއަށް އިތުރު އަނިޔާއެއް ކުރިމަތިވެ ސީޒަން ނިންމާލަން ޖެހިއްޖެ

ރެއާލް މެޑްރިޑްގެ ބެލްޖިއަމް ގޯލްކީޕަރު ތިބައު ކޯޓުއާގެ ވާތު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ފިޓްވާން ފަރިތަކުރުންތަކުގައި މަސައްކަތް ކުރަމުން އަންނަނިކޮށް ކަނާތު ކަކުލަށް އަނިޔާވެ މި ސީޒަނުަގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

Ads by Eki Online

މި ސީޒަން ފެށުމުގެ ކުރިން، ކޯޓުއާގެ ވާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން، އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެ އޮޕަރޭޝަނަށް ފަހު މަޑުމަޑުން ރިހެބިލިޓޭޝަންގެ ކަންކަން ކުރިއަށް ގެންދިއައެވެ. އަދި މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން، ޕިޗް ޓްރެއިނިންތަކަށް ނުކުތެވެ. އިންޑިވިޖުއަލް ޓްރެއިނިން ނިންމުމަށް ފަހު ޓީމު ޓްރެއިނިން އަށްވެސް ނިކުއްނަންފެށިއެވެ.

ހޯމަ ދުވަހު ޓްރެއިން ކުރަނިކޮށް އޭނާގެ ކަނާތު ފައިގެ ކަކުލަށް އަނިޔާވި އިރު ޓްރޭނިން ދޫކޮށްދިޔައީ ފެންކަޅިވެ ހުރެގެންނެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އުންމިދުކޮށްގެން ހުރީ ޗެމްޕިއަންސް ލީގުގައި އަންނަ މަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ބެލްޖިއަމްގެ ކީޕަރު ފިޓް ވާނެ ކަމަށެވެ. އެކަމަކު ކަނާތު ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާގައި އިތުރު ހަތް ހަފުތާ އަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.

ރެއާލުގެ މެޑިކަލް ޓީމުން އަންނަނީ ކޯޓުއާގެ މި ފަހަރުގެ އަނިޔާގެ ކަންތައްތަކުން ހައްލެއް ހޯދަން އޮޕަރޭޝަނެއް ކުރުން މަޖުބޫރުތޯ ބަލަމުންނެވެ. އޮޕަރޭޝަނެއް ނުކޮށް، ރަނގަޅުކުރެވޭނަމަ އެ ވިސްނުން އިސްކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުރިން ޗެލްސީއަށް ކުޅުނު ކީޕަރު ކޯޓުއާ، ރެއާލަށް ބަދަލުވީ، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، 40 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *