Ads by
ޚަބަރު
ކަރަންޓު ލޯޑު ވަރަށް މަތި، ބޭނުން ކުރުމުގައި އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުަގައި: ކަރަންޓު ބޭނުން ކުރުމުގައި އިގުތިސޯދު ކުރަން ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ:ސްޓެލްކޯ

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްވަރަކަށް ވުމާ އަދި ރޯދަ މަސް ކަމުން މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރަމުން އަންނަ މިންވަރު އިތުރުވެފައިވާތީ ކަރަންޓު ބޭނުން ކުރުމުގައި އިގުތިސޯދު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.

Ads by Eki Online

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ‘އެކްސް’ ގައި ބުދަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށް ވުރެ އިތުރު މަހަކަށް ވުމުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފަހުމީ ވަނީ އެދިވަޑައިގެންފައެވެ.

“މި ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެވްރެޖް މަހެއްގައި ގްރޭޓާ މާލެ ސަރަހައްދުގައި 94 މެގަވޮޓާ ހަމައަށް ކަރަންޓު ބޭނުން ކުރާއިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުން،” – ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ

ފަހުމީ ވަނީ ކަރަންޓަށް ކުރަން ޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި މި ދުވަސްވަރު ކަރަންޓު އިގުތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *