Ads by
ޚަބަރު
ހާއްސަ މުދާ ހިމެނޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ތުރުކީ އާއެކު އެކުލަވާލަނީ
ތުރުކީ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ފަށާފައިވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން - ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

ރާއްޖެ އާއި ތުރުކީ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Eki Online

ތުރުކީ އާއެކު ފަށާފައިވާ މަޝްވަރާތަކާ ގުޅޭގޮތުން ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

“އެގޮތުން މިހާރު ކުރިއަށް ދަނީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް،” – އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު

އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ދެ ގައުމުން ފަށާފައިވާއިރު، އެކަމާ ގުޅޭ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ބުދަ ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ވަނީ ބާއްވާފައެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިދިޔަ ނޮވެމްބަރު މަހު ރައީސް ތުރުކީއަށް ވަޑައިގެންނެވިއިރު، އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *