Ads by
ޚަބަރު
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން މާލެ ސަރަހައްދުގެ 6 ތަނެއްގައި ބާއްވަން ނިންމައިފި
ފޮޓޯ: މީސްމީޑިޔާ

ކުރިއެކޭ އެއްގޮތައް މި އަހަރުގެ ފިތުރު އީދު ދުވަހުވެސް މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Eki Online

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ 6 ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ ތަންތަނަކީ

  • މާފަންނު ސްޓޭޑިއަމް
  • އިސްލާމީ މަރްކަޒު
  • ކިންގް ސަލްމާން މިސްކިތް
  • ވިލިމާލެ ފުޓްބޯޅަ ދަނޑު
  • ހުޅުމާލެ ސިންތަޓިކް ޓްރެކް
  • ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމް

އިސްލާމިކް މިނިސްޓްރީން ވަނީ، އީދު ނަމާދުކުރާ ތަންތަން ތައްޔާރުކުރުމުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަމަޖައްސައިދޭނެ ބަޔަކާއި އީދު ނަމާދުގެ ސައުންޑް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ މި އަހަރުގެ އީދު ނަމާދުކުރާ ގަޑި ހެނދުނު 7:00 އަށް އަވަސް ކުރުމަށް މަޝްވަރާތައް ކުރަމުންނެވެ. މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ 10 އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *