Sunday, 27 September 2026
Ads by

ވިލިމާލޭގައި ބަގީގެ ޚިދުމަތް އަލުން ފަށަން ސިޓީ ކައުންސިލުން ނިންމައިފި

ވިލިމާލޭގައި ބަގީގެ ޚިދުމަތް އަލުން ފަށަން ސިޓީ ކައުންސިލުން ނިންމައިފި

ވިލިމާލޭގައި ޚިދުމަތް ދިނުމަށް ގެންގުޅުނު ބަގީތަކެއް---

ވިލިމާލޭގައި ބަގީގެ ޚިދުމަތް އަލުން ފަށަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ޚިދުމަތް ތަޢާރަފް ކުރުމަށްޓަކައި، ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މި މަސައްކަތުގެ ތަފްޞީލު ވެސް ޢާންމުކޮށްފައެވެ. އެގޮތުން ޚިދުމަތް ދިނުމަށް ގެންނަ ބަގީތަކުގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަލައިލާއިރު:

  • 11 ސީޓުގެ 4 ބަގީ
  • 8 ސީޓުގެ 3 ބަގީ
  • 2 ކާގޯ ބަގީ
  • ބޭނުންވަނީ LVTONG ބްރޭންޑުގެ ބަގީ
  • ވެހިކަލް ގެންނައިރު ސިޓީ ކައުންސިލްގެ ލޯގޯ ހުންނަންވާނެ

މާލޭ ސިޓީ ކައުންސިލުން ބުނީ ބަގީ ސަޕްލައިކޮށްދޭ ފަރާތުން މަދުވެގެން އަހަރު ދުވަސް ވަންދެން ސްޕެއަރ ޕާޓްސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ބިޑު ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު މަޢުލޫމާތު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުގެ ހޯލަށް ދިއުމަށެވެ. އަދި އަގު ހުށަހެޅުމުގެ ފުރުޞަތު އަންނަ މާރިޗު މަހުގެ ފަސްވަނަ ދުވަހުގެ 11:30 ގެ ކުރިން އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށާއި ޕާޓްނަރޝިޕް އަދި ލޯކަލް އިންވެސްޓްމެންޓުތަކުގެ އިތުރުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އޮންނާނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށި އެވެ. އޭރު އެ ޚިދުމަތް ފެށީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީ މޭޔަރު ކަމުގައި ހުންނަވައިގެންނެވެ. އެހެންނަމަވެސް ފަހުން ވަޑައިންނެވި މޭޔަރާއިއެކު، މެއިންޓެނެންސް ނުކުރެވި ބަގީގެ ޚިދުމަތް  މެދުކެނޑިފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި