Ads by
ޚަބަރު
ހުޅުމާލޭގައި ކެމްޕެއިން ބެނާތައް ހަރުކުރަން ވަކި ސަރަހައްދުތަކެއް އެޗްޑީސީން ކަނޑައަޅައިފި
ވިނަރެސް ފްލެޓުތައް ހުންނަ ސަރަހައްދު: ހުޅުމާލޭގައި ކެމްޕެއިން ބެނާތައް ހަރުކުރަން ވަކި ސަރަހައްދުތަކެއް އެޗްޑީސީން ވަނީ ކަނޑައަޅާފައި - ފޮޓޯ:އެޗްޑީސީ

ހުޅުމާލޭގައި ކެމްޕެއިން ބެނާތަކާއި ކެންވަސްތައް ހަރުކުރެވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ކެމްޕެއިން މެޓީރިއަލްތައް ހަރުކުރުމުގެ ކުރިން އެ ކޯޕަރޭޝަނުގެ ހުއްދަ ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

Ads by Eki Online

އެޗްޑީސީން ނެރުނު ނޫސް ބަޔާނުގައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކެމްޕެއިން ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު، އެ ސަރަހައްދުތަކުގައި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރވިސް ޕްރޮވައިޑަރުން އަޅާފައިވާ ނެޓްވޯކުތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރަން އެދިފައެވެ.

“އެއީ ޕޯސްޓަރތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓް ކޭބަލް އާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި، ހިދުމަތް މެދުކެނޑޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުދަނގޫތަކާ ކުރިމަތިލާން ޖެހިދާނެތީއެވެ،” އެޗްޑީސީން ނެރުނު ބަޔާނުގައިވެއެވެ.

 

ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން ހުއްދަ ހޯދައި، އެ ކޯޕަރޭޝަނުގެ ލަފަޔާއި އިރުޝާދާ އެކު ކުރިއަށް ގެންދިއުމަށް އެދި އެޗްޑީސީން ވަނީ ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ޗާޓެއް އެ ބަޔާނާ އެކު ހިއްސާކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *