Wednesday, 9 September 2026
Ads by

ބާޒާރުގައި އޮރެންޖެއްގެ އަގު 12ރ ގައި، އެސްޓީއޯގައި 40ރ އަށް އޮރެންޖު ކިލޯއެއް!

ބާޒާރުގައި އޮރެންޖެއްގެ އަގު 12ރ ގައި، އެސްޓީއޯގައި 40ރ އަށް އޮރެންޖު ކިލޯއެއް!

ބާޒާރުގައި ވިއްކަން ހުރި ތަރުކާރީ އަދި މޭވާތަކެއް---

މާލޭގެ ބާޒާރުތަކުގައި އޮރެންޖުގެ އަގުތައް އުފުލިއްޖެއެވެ.

Ad Image
Ads by

އެގޮތުން މިއަދު މާލޭގެ ބައެއް ފިހާރަތަކުން އޮރެންޖެއް ލިބެން ހުރީ 12 ރުފިޔާއަށެވެ. މިއީ އެސްޓީއޯގެ އައުޓްލެޓްތަކުން އޮރެންޖު ލިބޭ އަގަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. އެގޮތުން އެސްޓީއޯގެ އައުޓްލެޓްތަކުން އޮރެންޖު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ. އެއީ އޮރެންޖެއް 6 ރުފިޔާގެ މަގުންނެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިންވެސް މާލޭގެ ބައެއް ފިހާރަތަކުން އޮރެންޖުގެ އަގުތައް ވަނީ އުފުލިފައެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން އެސްޓީއޯ އިން އޮރެންޖު ޝިޕްމަންޓެއް ގެނެސްފައިވާއިރު، ރަމަޟާން މަސް ނިމުމާ ހަމައަށްވެސް އޮރެންޖެއްގެ އަގު 6 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 26 ބާވަތް ވިއްކާނެ ރީޓެއިލް އަގުތައް ޢާންމުކޮށްފައެވެ. އެހެންކަމުން އެ ތަކެތީގެ އަގުތައް އޮންލައިންކޮށް ވަގުތުން މިހާރު ބަލައިލެވޭނެއެވެ.

އެސްޓީއޯ އިން ޢާންމުކުރި ލިސްޓުގައި ހިމެނޭ ކާބޯތަކެތީގެ އަގުތަކަކީ:

މޭވާގެ ބާވަތްތައް (ކިލޯއަކުން):

  • ދޮންކެޔޮ: 30 ރުފިޔާ
  • ފެހި އާފަލު: 40 ރުފިޔާ
  • ރަތް އާފަލު: 42 ރުފިޔާ
  • އޮރެންޖު: 40 ރުފިޔާ
  • ކަރާ: 17 ރުފިޔާ
  • ލުނބޯ: 22 ރުފިޔާ
  • ފެޝަން ފުރުޓް: 104 ރުފިޔާ
  • އަނބު: 120 ރުފިޔާ

ތަރުކާރީގެ ބާވަތްތައް (ކިލޯއަކުން):

  • ފިޔާ: 12 ރުފިޔާ
  • އަލުވި: 14 ރުފިޔާ
  • ކެރެޓް: 37 ރުފިޔާ
  • ކޮޕީފަތް: 75 ރުފިޔާ
  • ލޮނުމެދު: 35 ރުފިޔާ
  • އިނގުރު: 30 ރުފިޔާ
  • ކެބެޖު: 19 ރުފިޔާ
  • ބަށި: 57 ރުފިޔާ

މީގެ އިތުރުން، ބިހެއް 2 ރުފިޔާއަށް، މުގު ކިލޯއެއް 42 ރުފިޔާއަށް އަދި ކާށި ކިލޯއެއް 25 ރުފިޔާއަށް އެސްޓީއޯ އިން ލިބޭނެއެވެ.

ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރަށް އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް އެސްޓީއޯ އިން ހެޔޮއަގުގައި ވިއްކަން ފެށީ މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ހެޔޮ އަގުގައި އެސްޓީއޯގެ އެކި އައުޓްލެޓްތަކުން އަންނަނީ މި ބާވަތްތައް ރީޓެއިލްކޮށް ވިއްކަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި