Ads by
ޚަބަރު
މި މަހުން ފެށިގެން ފުލުހުންގެ މުސާރަ 35 އިންސައްތަ ބޮޑުކޮށްފި
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހަކު ހަރަކާތްތެރިވަނީ - ފޮޓޯ:ފުލުހުން

މި މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

Ads by Eki Online

ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާކަން ހާމަކޮށްފައި ވަނީ ފުލުހުންނަށް މީގެ ކުރިން ދެމުން އައި ބައެއް އެލަވަންސްތައް އުނިކުރުމަށްފަހު ފުލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާހު ގެނެސް އެކަން އަންގާރަ ދުވަހު އާންމުކޮށްފައި ވަނިކޮށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 އިންސައްތަ، ސަރުކާރުން ބޮޑުކޮށްދީފައިވާކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވެފައި ވަނީ މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރަ އާއެކު ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާ ގުޅޭގޮތުން ދޭ އެލަވަންސް ކަމަށް ޝިފާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މުސާރަ އޮނިގަނޑު ޒަމާނީކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތައާރަފުކުރުމުން ކުރީގެ އެލަވަންސްތަކަށް ބަދަލު ގެނެސްފައިވާ ކަމުގައެވެ.

މީގެކުރިން ފުލުުހުންނަށް ތަފާތު އެކި ނަންނަމުގައި އެލަވަންސްތައް ދެމުން އައި ނަމަވެސް އަލަށް ގެނައި އިސްލާހާ އެކު މިހާރު ދިނުމަށް ހަމަޖައްސާފައި ވަނީ މައިގަނޑު ތިން އެލަވަންސްއެކެވެ. އެއީ؛

  • މަގާމުގެ އެލަވަންސް
  • ޕޮލިސް އެލަވަންސް – ހަތަރު ފަންތިއަަކަށް ބަހާލާފައި 700 ރުފިޔާ އާއި 1،500 ރުފިޔާ އާ ދެމެދުގެ މިންވަރެއް ދޭ ގޮތަށް
  • ޕޮލިސް ސަރވިސް އެލަވަންސް – 700 ރުފިޔާ
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *