Ads by
ޚަބަރު
ދިރާގު ‘ވިން އަ ޓެސްލާ’ ޕްރޮމޯޝަނުގެ ގުރުއަތު ނެގުން ބޮޑު އީދުގައި
ދިރާގު 'ވިން އަ ޓެސްލާ' ޕްރޮމޯޝަނުގެ އިނާމު ގޮތުގައި ދެވޭނެ ޓެސްލާ ކާރު - ފޮޓޯ:ދިރާގު

ދިރާގު ‘ވިން އަ ޓެސްލާ’ ޕްރޮމޯޝަނުގެ ގުރުއަތު ނެގުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ބޮޑު އީދު ދުވަސް ކަމަށްވާ ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ads by Eki Online

ވިން އަ ޓެސްލާ ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އާ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން ލޯންޗުކުރި ހަރަކާތެކެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މި އިނާމު ލިބޭ ފަރާތް އެނގުމުގެ ޝައުގުވެރިކަން އާންމުންގެ މެދުގައި ވަނީ އިތުރުވެފައި ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކަސްޓަމަރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައެވެ. އެގޮތުން އެންރޯލްވި ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވެވޭނީ އޭރު ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި ޖޫން މަހުގެ 17 ވަނަ ދުވަހާ ހަމައަށް މަޑުކޮށްގެން ކަމަށް ދިރާގުން ބުނެއެވެ. އެ ކުންފުނިން ބުނެފައި ވަނީ މި މުއްދަތުގެ ތެރޭގައި ސަބްސްކްރައިބްކޮށްފައިވާ ޕްލޭންތައް އަޕްގްރޭޑް ވެސް ކުރެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ނިމުމުގެ ކުރިން ދިރާގުން ވަނީ އެ ކުންފުނީގެ ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ދެ އިވެންޓެއްގައި ޕްރޮމޯޝަނުގެ އިނާމު ގޮތުގައި ދެވޭނެ ޓެސްލާ ކާރު އާންމުންނަށް ދައްކާލާފައެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *