Ads by
ޚަބަރު
އުރީދޫގެ ކަސްޓަމަރުންނަށް ދެ އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު
އުރީދޫގެ ކަސްޓަމަރުންނަށް ދެ އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން މި ރޯދަ މަހު އެ ކުންފުނީގެ ކަސްޓަމަރުންނަށް ދެ އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

އުރީދޫން ބުނީ އެ ކުންފުނިން މި ރޯދަ މަހު ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގެ ޕާޓްނަރެއްގެ ގޮތުގައި ގިބްލަ ހައްޖު އަދި އުމްރާ ގުރޫޕާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. މި އާއެކު އެ ކުންފުނީގެ ކަސްޓަމަރުންނަށް ދެ އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފައި ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނެފައި ވަނީ މި ރޯދަ މަހު އެ ކުންފުނިން ފަށާފައިވާ ރޯދަ ކުއިޒަކީ ޕީސް ފައުންޑޭޝަނާއި ގިބްލަ ގުރޫޕާ އެކު ކުރިއަށް ގެންދެވޭ ކުއިޒެއް ކަމަށެވެ. މި ކުއިޒުގައި ބައިވެރިވުމަށް އުރީދޫގެ މީސް މީޑިއާގައި އާންމުކުރެވޭ ސުވާލުތަކަށް ދެވިފައިވާ ސުންގަޑީގެ ކުރިން ޖަވާބު ކޮމެންޓު ކުރަން ޖެހެއެވެ.

ދީނީ މައުލޫމާތު ކަސްޓަމަރުންގެ މެދުގައި އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ކުއިޒުގެ ބޮޑު އިނާމަކަށް ގިބްލަ ހައްޖު އަދި އުމްރާ ގުރޫޕުގެ ފަރާތުން ހުށައަޅާފައި ވަނީ އުމްރާ ދަތުރެކެވެ. މި އިނާމު ލިބޭނީ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅު ކުރާ ފަރާތަކަށެވެ. އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ރަނގަޅު ޖަވާބުތައް ދިމާކޮށްފައިވާނަމަ، އިނާމު ލިބޭނީ ގުރުއަތުން ހޮވޭ ފަރާތަކަށް ކަމަށް އުރީދޫން ބުނެއެވެ.

“އުންމީދަކީ ގިބްލަގެ ފަރާތުން ހުށައަޅާ އުމްރާ ދަތުރުގެ ސަބަބުން އުރީދޫގެ ރަމަޟާން މަހު ހިންގަމުންދާ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވުން. އުރީދޫން ކުރިއަށް ގެންދާ ރޯދަ ކުއިޒުގެ ސަބަބުން ގިނަ ބަޔަކަށް ދީނީ މައުލޫމާތު ލިބިގެންދާނެކަން ޔަގީންކުރަން،” – އިބްރާހިމް އަޝްވާގު، ގިބްލަ ހައްޖު އަދި އުމްރާ ގުރޫޕުގެ ޑިރެކްޓަރ

އުރީދޫން ބުނި ގޮތުގައި އަތޮޅު ދުވުން ގޭމުގެ މި މަހުގެ ގިފްޓް ޕާޓްނަރއަކީ ވެސް ގިބްލަ ހައްޖު އަދި އުމްރާ ގުރޫޕް ކަމުގައެވެ. މި މަހުގެ ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް (31 މާރޗް، 11:59 ނިޔަލަށް) ދެ މީހެއްގެ އުމްރާ ދަތުރު އެ ގްރޫޕުން ވަނީ ހުށައަޅާފައި ކަމަށް އުރީދޫން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *