ވަން އެވެނިއުގެ އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ޢާއިލާއަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަޤުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން އެކްސްގައި ޚިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރޭ ހުޅުމާލެ ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެހެންކަމުން އެންޑީއެމްއޭއިން އެ ޢާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ.
ރޭ ހުޅުމާލެ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައި. އެހެންކަމުން މި އޮތޯރިޓީންވަނީ އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައި. pic.twitter.com/dAAKPt7Xee
— NDMA Maldives (@NDMAmv) February 21, 2026
އެންޑިއެމްއޭއިން މީސް މީޑިއާގައި ޙިއްޞާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެޕާޓްމަންޓުގެ ބަދިގޭގައި ބަހައްޓާފައި ހުރި ބަދިގޭ ސާމާނުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބަދިގޭގައި ހުރި އުނދުނާއި ފާރުގައި ހަރުކޮށްފައި ހުރި ކަބަޑަކަށް ހުރީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.












