Ads by
ޚަބަރު
އަންނަ މަހުގެ 21 އަދި 22 ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 22 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ދެ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، އެޕްރީލް 21 ވާ އާދީއްތަ ދުވަހަކީ، މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީއެވެ.

އަދި 22 އެޕްރީލް ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އިންތިހާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާ ނަތީޖާ އިއުލާނުކުރުމާ، އަދި މި ނޫންވެސް އިންތިހާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހު ވެސް ކުރިއަށްދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާތީއެވެ.

ވޯޓުލާ ދުވަސް ސަރުކާރު ބަންދުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވިއެވެ.

ކުރިން މި މަހުގެ 17 ގައި ބާއްވާ ގޮތަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ މަހު 21 އަށް ފަސްކުރީ ރޯދަމަހާ އިންތިހާބު ދިމާވެ ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *